Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

7 އެޕްލިކޭޝަނެއް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި

7 އެޕްލިކޭޝަނެއް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
151 ދުވަސް ކުރިން - 13 ފެބްރުއަރީ 2026 19:28
ޒަކާތް ދެއްކުމުގެ ކަންކަން ކުރިއަށްދަނީ--- ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް
ޒަކާތް ދެއްކުމުގެ ކަންކަން ކުރިއަށްދަނީ--- ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް
ޚުލާސާ

އަތޮޅުތެރޭގެ ރަށްރަށާއި ސިޓީތަކުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަންނާނީ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލެއް މެދުވެރިކޮށް

މި އަހަރުގެ ފިތުރު ޒަކާތް ހަތް އެޕްލިކޭޝަނެއް މެދުވެރިކޮށް ދެއްކުމުގެ އެންމެހައި އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނީ، 1447 ވަނަ އަހަރުގެ ފިތުރު ޒަކާތް، ރަމަޟާން މަހުގެ ފުރުތަމަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ހެނދުނު 06:00އާއި ހަމައަށް، ހަތް މުއައްސަސާއެއްގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނެނީ:

Advertisement

Advertisement 1
  1. ދިރާގު އެޕް / ދިރާގު ޕޭ
  2. އުރީދޫގެ އެމް ފައިސާ
  3. އިސްލާމިކް ބޭންކުގެ ފައިސާ މޮބައިލް އެކްސް
  4. ބީއެމްއެލް މޮބައިލް އެޕް
  5. ފަހިޕޭ
  6. އަވަސް އެޕް
  7. ފިނޭންސް މިނިސްޓްރީގެ ބަނޑޭރި އެޕް

އިސްލާމިކް މިނިސްޓްރީން ބުނީ، ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިތުރު ޒަކާތް ދެއްކުމުގެ އެންމެހައި އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށެވެ. މިނިސްޓްރީން ވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއ،ި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާތީ، އެ ދުވަސްތަކުގައި ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތައް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.

އެ ދުވަސްތަކަކީ:

  1. 22 ފެބުރުއަރީ – 9 މާޗު: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00އިން ފެށިގެން 13:00އާއި ހަމައަށް
  2. 10މާރިޗު – 19 މާޗު: ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 11:00އިން ފެށިގެން 14:00އާއި ހަމައަށް

މާލެ ސިޓީ ފިޔަވައި އަތޮޅުތެރޭގެ ރަށްރަށާއި ސިޓީތަކުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުންނެވެ.

ޒަކާތްޒަކާތު ހައުސްމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

3 ދުވަސް ކުރިން - 22:51

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

18 ދުވަސް ކުރިން - 20:02

މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާ ލިބިއްޖެ

މުދަލު ޒަކާތުގެ ގޮތުގައި 50.7މިލިޔަން ރުފިޔާ ލިބިއްޖެ

59 ދުވަސް ކުރިން - 15:08

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

61 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

65 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

72 ދުވަސް ކުރިން - 15:01