ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަން ލަފާ ހޯދަނީ

މަރްޔަމް މާޙީ | 10 ގަޑިއިރު ކުރިން - 10 ފެބްރުއަރީ 2026 16:50
މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ:މަޖިލިސް
މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ:މަޖިލިސް
ޚުލާސާ

އަހަރަކަށްވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދު ނެތް މީހުންނަށް އެމީހުންގެ ޕެންޝަން ފައިސާ އެއް ފަހަރާ ނެގޭގޮތަށް ގާނޫނު އިސްލާހުކުރުމާ ގުޅޭގޮތުން ލަފާ ހޯދަނީ

ޕެންޝަނާ ބެހޭ ގާނޫން އިސްލާހު ކުރަން ހުށައަޅާފައިވާ ބިލަށް މުއައްސަސާތަކުގެ ލަފާ ހޯދަން މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ އިން ނިންމައިފި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މި އިސްލާހު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު, މި އިސްލާހާގުޅޭގޮތުން މުއައްސަސާތަކުގެ ލަފާ ހޯދުމަށް ކޮމިޓީއަށް ހުށައެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް އެވެ.

އެގޮތުން, ޕެންޝަން އޮފީހާއި މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަދި ނޭޝަނަލް ޕޭ ކޮމިޝަންގެ ލަފާ ހޯދުމަށް ކޮމިޓީ އިން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހުގައިވާ ގޮތުން އެއް އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދު ނެތް މީހުންނަށް އެމީހުންގެ ޕެންޝަން ފައިސާ އެއް ފަހަރާ ނެގޭނެއެވެ.

މި އިސްލާހު ހުށައަޅައިފައިވަނީ ސަރުކާރުގެ ފަރާތުން ޕީއެންސީގެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު އެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%