ލުބުނާނުގެ އުތުރުގެ ޓްރިޕޮލީގައި މީހުން ދިރިއުޅޭ ދެ ޢިމާރާތެއް ވެއްޓި މަދުވެގެން 14 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމް ވެއްޖެއެވެ.

ލުބުނާނުގެ ޓްރިޕޮލީގެ ވެއްޓުނު ޢިމާރާތުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ
ލުބުނާނުގެ ސަރުކާރާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ވެއްޓުނު ދެ އިމާރާތަކީ ގުޅިފައިވާ ދެ ޢިމާރާތެވެ.
ރެޑްކްރޮސް އިން ބުނީ ދިރިހުރި 8 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށާއި، އަދިވެސް ދިރިހުރި އިތުރު މީހުން އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި ކަމަށް ބެލެވޭ ކަމަށެވެ.
މި އިމާރާޔް ވެއްޓުނީ ދުވަސްވެ ސްޓްރަކްޗާ ހަލާކުވުމުގެ ސަބަބުން ކަމަށް ލުބްނާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.










