މަޝްވަރާގައި އެމެރިކާއިން ބޭނުންވި ގޮތަށް އީރާނުން ފުރުސަތެއް ނުދިން

ޢަބްދުﷲ ޖުނައިދު | 4 ގަޑިއިރު ކުރިން - 6 ފެބްރުއަރީ 2026 22:40
އޮމާންގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް (މ)، ޖޭރެޑް ކުޝްނަރ (ވ) އަދި އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު ބިން ހަމަދު އަލް ބުސައިދީ.
އޮމާންގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް (މ)، ޖޭރެޑް ކުޝްނަރ (ވ) އަދި އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު ބިން ހަމަދު އަލް ބުސައިދީ.
ޚުލާސާ

ބެލެސްޓިކް މިސައިލާއި، ޔަމަނާއި ލުބުނާނާއި ފަލަސްޠީނުގެ ޖަމާޢަތްތަކަށް އެހީވުން މަނާކުރުމަށް އެމެރިކާއިން އުޅުމުން އީރާނުން ބުނީ މަޝްވަރާ ކުރެވޭނީ ނިއުލްލިއާ އާއި ބެހޭ ގޮތުން އެކަނި ކަމަށް.

އީރާނާއި އެމެރިކާ އާއި ދެމެދު މިއަދު އޮމާންގެ މަސްކަޓުގައި ކުރިޔަށް ގެންދިޔަ ނުސީދާ މަޝްވަރާ ތަކުގައި އީރާނުން އެމެރިކާ އަކަށް ދުލެއް ނުދިނެވެ. އޮމާންގެ އޮފިޝަލުން މެދުވެރިކޮށް ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި އެމެރިކާ އިން ބޭނުންވީ ނިއުލްލިއާ މަޝްވަރާގެ އިތުރަށް އެހެނިހެން ހަތިޔާރުތަކާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކުރުމަށެވެ. ނަމަވެސް އީރާނުން ބުނީ އެފަދަ ފުރުސަތެއް ދެވެން ނެތް ކަމަށާއި، މަޝްވަރާ ކުރެވޭނީ ނިއުކްލިއާ ޕްރޮގުރާމާއި ގުޅޭ ގޮތުން އެކަންޏެވެ.

އެމެރިކާ އިން ބޭނުންވީ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަށް ވެސް ބަދަލުތަކެއް ގެނައުމަށާއި އެ ޤައުމުގައި ހުރި ޔުރޭނިއަމް ވެސް އެމެރިކާ ބޭނުންވާ ގޮތަކަށް ހެދުމަށެވެ.

އެކަމާއި ގުޅިގެން އީރާނުން ބުނެފައި ވަނީ ޔޫރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށް ނުވަތަ މުއްސަނދިކޮށްފައިވާ ތަކެތި އެހެން ތަނަކަށް ފޮނުވުމަށް އެއްބަސް ނުވާނެ ކަމަށެވެ.

ހަމަ އެހެންމެ، ޔަމަނާއި ފަލަސްޠީނާއި ލުބުނާނުގައިވާ އީރާނާއި ގުޅުން ހުރި ޖަމާޢަތްތަކާއި ގުޅުން ކަނޑާލުމަށް ވެސް އެމެރިކާއިން އީރާނާއި އެކު މަޝްވަރާ ކުރަން ބޭނުންވިއެވެ. އެކަމާއި ގުޅިގެން އީރާނުން ބުނީ އެފަދަ އެއްވެސް ކަމަކަށް އީރާނާއި އެމެރިކާ އާއި ދެމެދު މަޝްވަރާ ކުރުމުގެ ޖާގައެއް ނެތް ކަމަށެވެ.

މިއަދުގެ މަޝްވަރާތަކާއި ބެހޭ ގޮތުން ދެޤައުމުން ވެސް ބުނީ މިއީ ރަނގަޅު ފެށުމެއް ކަމަށާއި، އިތުރަށް މަޝްވަރާތައް ކުރިޔަށް ދާނެ ކަމަށެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%