Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މާޗް އިން ފެށިގެން ކޮންމެ ހޯމަ ދުވަހަކު މީޑިއާތަކާ ރައީސް ބައްދަލުކުރައްވަނީ

މާޗް އިން ފެށިގެން ކޮންމެ ހޯމަ ދުވަހަކު މީޑިއާތަކާ ރައީސް ބައްދަލުކުރައްވަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
126 ދުވަސް ކުރިން - 5 ފެބްރުއަރީ 2026 14:56
ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ--- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސްގެ އިތުރުން ކެބިނެޓް މިނިސްޓަރުން ވެސް ހަފްތާއަކު އެއްފަހަރު މީޑީއާތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ

އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު ރާއްޖޭގެ ހުރިހާ މީޑިއާތަކާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރުތަމަ ދައުރުގެ ފުރުތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރަސްމީ ދަތުރުފުޅެއް ނުވަތަ ބަންދު ދުވަހަކާ ދިމާނުވާނަމަ، ހަފްތާގެ ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން 11:00 އާއިހަމައަށް މީޑިއާތަކާ ބައްދަލުކުރައްވާނެ ކަމަށެވެ.

އަދި ހަމައެހެންމެ، ކެބިނެޓް މިނިސްޓަރުން ވެސް ހަފުތާއަކު އެއް ގަޑިއިރު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ބައްދަލުވުންތައް ކުރިއަށްދާނެ ރަސްމީ ތާވަލު ރައީސް އޮފީހުން އާންމުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މިއީ ޒިންމާދާރު މީޑިއާއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ނިންމެވި ނިންމެވުމެއްކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

ރައީސް މި މޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ މީޑިއާތަކަށް ފުރުތަމަ ފަހަރަށް ދައުލަތުގެ ބަޖެޓުން މި ސަރުކާރުން ވަނީ ފައިސާ ދޫކޮށްފަ އެވެ. އެގޮތުން މިހާތަނަށް 40 މީޑިއާއަކަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ދޫކޮށްފަ އެވެ.

ނިމިދިޔަ 2025 ވަނަ އަހަރު ސަރުކާރުން މައުލޫމާތު ހާމަކުރުމަށް ކުރި މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކެބިނެޓް މިނިސްޓަރުން 427 އިންޓަވިއު ނުވަތަ މައުލޫމާތު ސެޝަންތައް ބާއްވާފައިވާ ކަމަށާއި، ސަރުކާރުގެ އިސްވެރިން 493 ފަހަރު މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ރައީސް އޮފީހާއި މިނިސްޓްރީތަކަށް ހުށަހެޅި 1,341 އާރްޓީއައިގެ ތެރެއިން 1,251 އާރުޓީއައިއަށް ޖަވާބު ދީފައިވާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ 2025 ވަނަ އަހަރުގެ ތެރޭގައި ސޯޝަލް މީޑިއާގައި 40,875 ޕޯސްޓްކުރެވިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސް އިތުރަށް ވިދާޅުވީ، މީީޑިއާތަކުންނާއި ފަރުދީ ގޮތުން ވެސް ސަރުކާރު ތެރެއިން މައުލޫމާތު ހޯދުމުގައި އެއްވެސް ވަރެއްގެ ހުރަހެއް ނޯންނާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައްޔިތުންގެ މަޖިލިސްރިޔާސީ އިންތިޚާބު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

2 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31