އިސްތަންބޫލްގައި އަންނަ ހުކުރު ދުވަހު ބާއްވަން އޮތް އެމެރިކާ-އީރާން މަޝްވަރާ ކެންސަލް ކޮށްފިއެވެ. މި.މަޝްވަރާތައް ކެންސަލް ކުރި އިރު އެމެރިކާގެ ސީނިއާ ބޭފުޅުންތަކެއް މިހާރު ވެސް ތިއްބެވީ އިސްތަންބޫލްގައެވެ.
މަޝްވަރާތައް ކެންސަލް ކުރި ސަބަބެއް އަދި ނޭނގޭ އިރު، އީރާނުގެ ރޫހާނީ ލީޑަރު ޚާމަނާއީ ގެންދަވަނީ މަޝްވަރާތަކުގެ ޕްލޭން ބަދަލު ކުރަމުން ކަމަށް އިއްޔެ ބައެއް ރިޕޯޓްތައް ބުނި ކަން ފާހަގަ ކުރެވެއެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މަޝްވަރާތައް ކެންސަލް ކުރީ އީރާނުން ބޭނުންވާ ގޮތަށް ލޮކޭޝަން ބަދަލު ނުކުރުމުގެ ސަބަބުންނެވެ..










