Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޮންޑުގައި އިންވެސްޓްކުރަނީ ފަންޑަށް ގެއްލުން ނުވާނެ ގޮތަށް: ޕެންޝަން އޮފީސް

ބޮންޑުގައި އިންވެސްޓްކުރަނީ ފަންޑަށް ގެއްލުން ނުވާނެ ގޮތަށް: ޕެންޝަން އޮފީސް

މުހައްމަދު ޖަމްޝަތު
196 ދުވަސް ކުރިން - 4 ފެބްރުއަރީ 2026 10:05
ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް---
ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް---
ޚުލާސާ

ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުށަހެޅި މި އިންވެސްޓްމަންޓަކީ ފަންޑުގެ ވިލުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ އޮފީހުން ފާހަގަކުރޭ

ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިޔަން ރުފިޔާގެ ޓްރެޝަރީ ބޮންޑުގައި އިންވެސްޓްކުރުމަށް ނިންމާފައިވަނީ ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ. 

ޕެންޝަން އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އިންވެސްޓްމަންޓްގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމަށެވެ. މި ބޮންޑަކީ ދިވެހި ރުފިޔާގެ އިތުރުން ބޭރު ފައިސާއިންވެސް ރިޓާން ލިބޭ ގޮތަށް ފަރުމާކުރެވިފައިވާ އިންވެސްޓްމަންޓެކެވެ.

ޕެންޝަން އޮފީހުން ބުނީ ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުށަހެޅި މި އިންވެސްޓްމަންޓަކީ ފަންޑުގެ ވިލުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

Advertisement

Advertisement 1

މި އިންވެސްޓްމަންޓަށް ބޭނުންވާ 2.4 ބިލިޔަން ރުފިޔާ ހޯދުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓްކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން އެ އަދަދުގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެންނެވެ. ޕެންޝަން އޮފީހުން ބުނީ މިގޮތަށް ބޮންޑު ވިއްކާލުމުގައި ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެކަން ކަށަވަރުކޮށްފައިވާނެ ކަމަށެވެ.

މި ނިންމުމަކީ ޕެންޝަން ފަންޑުގެ ދުރު ރާސްތާގެ އިންވެސްޓްމަންޓް ސްޓްރެޓެޖީއާ އެއްގޮތަށް، ކޮންސަލްޓަންޓުންގެ ލަފާގެ މަތިން ނިންމާފައިވާ ނިންމުމެކެވެ. މީގެ މައިގަނޑު މަގުސަދަކީ އިންވެސްޓްމަންޓްތައް ސިންދަފާތުކުރުމާއި، ފައިދާ ޑޮލަރުން ލިބޭނެ މަގު ފަހިކުރުމެވެ. މީގެ އިތުރުން، އިންވެސްޓްކޮށްފައިވާ އެސެޓުތަކުގެ އެވްރެޖް ޑިއުރޭޝަން ދިގުކޮށް، ޕޯޓްފޯލިއޯ ރިޓާން އިތުރުކުރުމަކީ ވެސް މީގެ ބޭނުމެކެވެ.

ޕެންޝަން އޮފީހުން އިތުރަށް ބުނީ މި މުއާމަލާތުގެ ސަބަބުން މިހާރު ހުރި ބައެއް ކުރު މުއްދަތުގެ ޓްރެޝަރީ ބިލްތައް ދިގު މުއްދަތުގެ ބޮންޑުތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މިއީ ފަންޑުގެ ޖުމްލަ ފައިދާ އިތުރުކުރުމަށް މަގުފަހިވާނެ ކަމެކެވެ.

އެ އޮފީހުގެ ހުރިހާ ނިންމުންތަކެއްވެސް ނިންމަނީ ޕެންޝަން ފަންޑުގެ ބައިވެރިންގެ މަސްލަހަތު އިސްކޮށް، މެންބަރުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް ބަޔާނުގައިވެ އެވެ. އަދި މި މުއާމަލާތް ކުރިއަށް ގެންގޮސްފައިވަނީ ޕެންޝަނާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމުގެ ޔަގީންކަން ޕެންޝަން އޮފީހުން ވަނީ ދީފައެވެ.

ޕެންޝަން އޮފީސްމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ނިމިދިޔަ އެމްޑީޕީގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންގެ އަދަދުވަނީ 97 އިންސަތަ އިތުރުވެފަ: މާލީ ވަޒީރު

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

1 ދުވަސް ކުރިން - 11:13

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

2 ދުވަސް ކުރިން - 13:11

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

2 ދުވަސް ކުރިން - 21:15

ސަބްސިޑީގެ ހޭދަ ބޮޑުވީ ރައްޔިތުންގެ އަތުން ހޭދަކުރެންޖެހޭ ވަރު ބޮޑު ނުކޮށް އިރާނު ހަނގުރާމައިގެ އަސަރުން އިޤްތިސާދަށް ކުރި އަސަރު މެނޭޖްކުރުމަށް

ސަބްސިޑީގެ ހޭދަ ބޮޑުވީ އީރާނު ހަނގުރާމައިގެ ލޮޅުމުން ރައްޔިތުން ސަލާމަތްކުރުމަށް

28 ދުވަސް ކުރިން - 20:36

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ހަރަދެއް ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް އަރައިފި

28 ދުވަސް ކުރިން - 18:41

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

34 ދުވަސް ކުރިން - 10:27

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%