Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރޮނާލްޑޯގެ 10 އަހަރުވީ ރެކޯޑެއް އެމްބާޕޭ މުގުރާލައިފި

ރޮނާލްޑޯގެ 10 އަހަރުވީ ރެކޯޑެއް އެމްބާޕޭ މުގުރާލައިފި

މުހައްމަދު ޖަމްޝަތު
130 ދުވަސް ކުރިން - 31 ޖެނުއަރީ 2026 12:52
އެމްބާޕޭ ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ މުހިންމު ރެކޯޑެއް މުގުރާލައިފަ---ފޮޓޯ:މާކާ
އެމްބާޕޭ ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ މުހިންމު ރެކޯޑެއް މުގުރާލައިފަ---ފޮޓޯ:މާކާ
ޚުލާސާ

ބެންފީކާ އަތުން ރެއާލް އަށް ބައްޔަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް އެމްބާޕޭ އަށް ވަނީ ތާރީހީ ކާމިޔާބީއެއް ލިބިފަ

ރެއާލް މެޑްރިޑްގެ ތަރި ކީލިއަން އެމްބާޕޭ، ކްރިސްޓިއާނޯ ރޮނާލްޑޯގެ މުހިންމު ރެކޯޑެއް މުގުރާލައި ޗެމްޕިއަންސް ލީގުގެ ތާރީހުން އާ ޖާގައެއް ހޯދައިފި އެވެ.

މި ރެކޯޑު އޭނާ މުގުރާލީ ޖެނުއަރީ 28 ވީ ބުދަ ދުވަހުގެ ރޭ އެސްޓާޑިއޯ ޑާ ލޫޒްގައި ބެންފީކާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގައެވެ. ނަމަވެސް، އެމްބާޕޭގެ މި އަމިއްލަ ކާމިޔާބީއާއެކު ވެސް ރެއާލް މެޑްރިޑަށް ޖެހުނީ ބެންފީކާ އަތުން ބަލިވާށެވެ.

މި މެޗުގައި އެމްބާޕޭ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ބޮލުން ޖަހައި ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު ޖެހީ 58 ވަނަ މިނެޓުގައި އާރްދާ ގުލާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މި ދެ ލަނޑާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެމްބާޕޭގެ ޖުމްލަ ލަނޑުގެ އަދަދު 13 އަށް އަރައި، މީގެ ކުރިން ރޮނާލްޑޯ ގާއިމުކޮށްފައިވާ 11 ލަނޑުގެ ރެކޯޑު އޭނާ ވަނީ މުގުރާލާފަ އެވެ.

Advertisement

Advertisement 1

ރޮނާލްޑޯ މި ރެކޯޑު ގާއިމުކުރީ 2015/16 ސީޒަނުގައި ހަ މެޗު ކުޅެގެންނެވެ. ގާތްގަނޑަކަށް ދިހަ އަހަރު ވަންދެން ރޮނާލްޑޯގެ އަތުގައި އޮތް މި ރެކޯޑާ އެމްބާޕޭ އަށް އަރާ ހަމަކުރުމަށްވެސް ހަ މެޗު ބޭނުންވިއިރު، ރެކޯޑުން ކުރި ހޯދުމަށް އޭނާ އިތުރު އެއް މެޗު ކުޅެން ޖެހުނެވެ.

އެމްބާޕޭއަށް މިހާރު އޮތް ޗެލެންޖަކީ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑެވެ. އެއީ 2013/14 ސީޒަނުގައި ރޮނާލްޑޯ ކާމިޔާބުކުރި 17 ލަނޑުގެ ރެކޯޑެވެ. ކުރިއަށް އަދި ދެ މެޗު އޮތުމާއެކު، 13 ލަނޑު ޖަހާފައިވާ އެމްބާޕޭއަށް މި ރެކޯޑު މުގުރާލުމުގެ ފުރުސަތު ބޮޑެވެ.

ފުޓްބޯޅަޗެމްޕިއަންސް ލީގު
Ad
Ad

ގުޅޭ ޚަބަރުތައް

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

11 ދުވަސް ކުރިން - 00:00

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

11 ދުވަސް ކުރިން - 14:46

ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

"ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ އަމާޒު"

16 ދުވަސް ކުރިން - 13:35

ރެފްރީގެ ފުރިހަމަ ލޯތްބާއި ކުލުނާއެކު ޕީއެސްޖީން ޗެމްޕިއަންސް ލީގު ފައިނަލަށް

ރެފްރީގެ ފުރިހަމަ އެހީތެރިކަމާއެކު ޕީއެސްޖީ ފައިނަލަށް

35 ދުވަސް ކުރިން - 02:00

އާސެނަލް 20 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް

އާސެނަލް 20 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް

36 ދުވަސް ކުރިން - 01:52

ވީއޭއާރްގެ ނިންމުމަކާއެކު އާސެނަލް މޮޅުވިޔަނުދީ އެތުލެޓިކޯ އިން ހިފަހައްޓައިފި

އާސެނަލް މޮޅުވިޔަނުދީ އެތުލެޓިކޯ އިން ހިފަހައްޓައިފި

41 ދުވަސް ކުރިން - 17:18

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%