އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ދެ ލައްކަ އަށްވުރެ މައްޗަށް

މުހައްމަދު ޖަމްޝަތު | 3 ދުވަސް ކުރިން - 31 ޖެނުއަރީ 2026 11:07
ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތްކުރި 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުން ---ފޮޓޯ: ވިޒިޓް މޯލްޑިވްސް
ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތްކުރި 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުން ---ފޮޓޯ: ވިޒިޓް މޯލްޑިވްސް
ޚުލާސާ

މާކެޓުގެ އެންމެ ކުރީގައި އޮތީ ރަޝިޔާ، އިޓަލީ އަދި ޗައިނާ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް ވުރެ މައްޗަށް ގޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 200,801 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މި އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.9 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 193,174 ފަތުރުވެރިންނެވެ.

އަހަރު ފެށިގެން މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާ އިންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މާކެޓުގެ އެންމެ ކުރީގައި އުޅޭ ގައުމުތަކަކީ:

  1. ރަޝިޔާ: 26,965 ފަތުރުވެރިން
  2. އިޓަލީ: 21,137 ފަތުރުވެރިން
  3. ޗައިނާ: 18,531 ފަތުރުވެރިން

މި ހިނގާ މަހުގެ ތެރޭގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެ ދުވަހު ޖުމްލަ 9,596 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7,171 ފަތުރުވެރިން ރާއްޖެއަށް އަންނަމުންދެ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ބޮޑު އިންސައްތައެއް ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. އެގޮތުން ރިސޯޓުތަކަށް 68.8 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކުރިއިރު، ގެސްޓްހައުސްތަކަށް 26.4 އިންސައްތަ އަދި ހޮޓެލްތަކަށް 2.7 އިންސައްތަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބެމުންދާއިރު، ނިމިދިޔަ އަހަރަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް ތާރީހީ ރެކޯޑެއް ވަނީ ގާއިމްކޮށްފަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%