ކޮލަމްބިއާގެ އިރުއުތުރުގައި 15 މީހުންނާއި އެކު ދަތުރުކުރި ކުޑަ މަތިންދާ ބޯޓެއް ވެއްޓި އެ ބޯޓުގައި ތިބި އެންމެން ވެސް މަރުވެއްޖެ ކަމަށް އެ ޤައުމުން ބުނެފިއެވެ.

ކޮލަމްބިއާގެ ސަޓެނާ އިން ހިންގާ މަތިންދާބޯޓު ވެއްޓިފައި.

ކޮލަމްބިއާގެ ޤައުމީ އެއާލައިން ސަޓެނާ އިން ހިންގާ މި ބޯޓާއި ގުޅުން ކެނޑުނީ ނައްޓައިލިތާ 12 މިނެޓް ފަހުން ކަމަށާއި، ބޯޓު ވެއްޓުނީ ވެނެޒުއެލާގެ ބޯޑަރު ކައިރިޔަށް ކަމަށް އޮފިޝަލުންނާއި ޙަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުރިއަށް އޮތް ކޮންގްރެސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ވެސް ހިމެނެއެވެ.