އިސްރާއީލުގެ ހުރިހާ ޑިޕްލޮމެޓުން ކޮލަމްބިއާ އިން ބޭރުކޮށް، ކޮލަމްބިއާ އާއި އިސްރާއީލާއި ދެމެދު އޮތް ޑިޕްލޮމެޓިކް ހުރިހާ ގުޅުން މުޅިން ކަނޑާލައިފިއެވެ. ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ މި ގޮތަށް ނިންމިކަން އިޢުލާން ކުރެއްވީ ގްލޯބަލް ޞުމޫދު ފްލޮޓިއްލާ ހުއްޓުވައި މީހުންތައް އިސްރާއީލުން ރަހީނުކުރުމާއި ގުޅިގެންނެވެ.
ޣައްޒާގައި އިސްރާއީލުން ޤަތުލުޢާންމު ހިންގާތީވެ މިދިޔަ އަހަރުގެ މެއި މަހު ޕެޓްރޯ ވަނީ ޔަހޫދީންނާއި ދިމާއަށް ވަރަށް ހުތުރުކޮށް އެއްޗެހި ވެސް ގޮވާފައެވެ. އޭގެފަހުން އިސްރާއީލާއި އެކު އޮތް ގުޅުން ވެސް ވަރަަށް ބޮޑަށް ހީނަރުވިކަން ފާހަގަކުރެވެއެވެ.
އިސްރާއީލުން ޞުމޫދު ފްލޮޓިއްލާ އަށް ހުރަސް އަޅައި ހިންގި ޢަމަލުތަކަކީ "ބައިނަލްއަޤްވާމީ އާ ޖަރީމާއެއް" ކަމަށް ޕެޓްރޯ ވިދާޅުވިއެވެ.
އަންނަ އަހަރުގެ މާޗް 2 ގައި ކޮލަމްބިއާގެ ރިޔާސީ އިންތިޚާބަށް ވޯޓުލުން އޮންނާނެކަން ފާހަގަކުރެވެއެވެ..
އިސްރާއީލުގެ ސިފައިން މިހާރު ވަނީ ހުރިހާ އެކްޓިވިސްޓުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކޮލަމްބިއާގެ މަދުވެގެން ދެ މީހުން ހިމެނެއެވެ. އޭގެތެރެއިން އެކަކީ ބަނޑުއިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ސްޕެއިންގެ “އަލްމާ” އިން ދަތުރުކުރި ކޮލަމްބިއާގެ ނޫސްވެރިއެއް ކަމަށްވާ މޮރިސިއޯ މޮރާލެސްއެވެ.