އީރާނަށް ޙަމަލާ ނުދޭނީ އެންމެ ގޮތަކުން ކަމަށާއި، އެ ގޮތަކީ އެމެރިކާ އިން އަންގާ އެނގުންތަކަށް ތަބާވުމުން ކަމަށް ބުނެ ތެހެރާނު ސަރުކާރަށް ބިރު ދެއްކުމަށް ހުށަހެޅި ޝަރުޠުތައް ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ ބޮލާލާ ޖައްސަވައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގައި އެދުނީ ޔޫރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ޕްރޮގްރާމް އެކީއެކަށް ދާއިމީކޮށް ހުއްޓާލަން ޖެހޭނެ ކަމަށެވެ. ރައްދުގައި ޚާމަނާއީ ވިދާޅުވީ ޔިރޭނިއަމް މުއްސަނދި ކުރަނީ ހަކަތައިގެ ބޭނުމުގައި ކަމަށާއި އެމެރިކާ އިން ބުންޏަސް އެކަމެއް ނުހުއްޓާނެ ކަމަށެވެ.
ދެވަނަ ކަމަކަށް ޓްރަމްޕް އެދުނީ ލުބުނާނުގައިވާ ޙިޛްބުالله އާއި ޔަމަނުގެ ހޫޘީންނާއި ގުޅުން ކަނޑާލުމަށެވެ. ސަބަބަކީ އެ ދެޖަމާޢަތަކީ އިސްރާއީލަށް ނުރައްކާތެރި ދެޖަމާޢަތެވެ. މިކަމަށް ރައްދު ދެއްވައި ޚާމަނާއީ ވިދާޅުވީ ތެހެރާނު ސަރުކާރުގެ އެކުވެރިންތައް ކަނޑައަޅަނީ ވޮޝިންޓަނަކުންނެއް ނޫނެވެ.

ޚާމަނާއީ އާއި ޙިޛްބުاللهގެ ލީޑަރުގެ ބައްދަކުކުރެއްވުން - އީރާނަށް ޙަމަލާ ދީފިނަމަ ޙިޛްބުالله އިން ވަގުތުން މައިދާނަށް ނުކުންނާނެ ކަމަށް ބުނެފައިވޭ.
ދެން ޓްރަމްޕު އެދުނީ އީރާނު ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ ރޭންޖާއި އޭގެ ޢަދަދުތައް އިތުރު ނުކުރުމަށެވެ. އެކަމާއި މެދު ޚާމަނާއީ ވިދާޅުވީ، މިސައިލް ޕްރޮގްރާމަކީ އީރާނުގެ ދިފާޢީ ކަމެއް ކަމަށާއި އެ މަސައްކަތް ހުއްޓައެއް ނުލާނެ ކަމަށެވެ.
އެއާއި އެކު ޓްރަމްޕް ވިދާޅުވީ، އީރާނުން ބޯނުލަނބާ ނަމަ ޙަމަލާ ދޭނެ ކަމަށެވެ. އަދި އެމެރިކާ އިން ދޭ ޙަމަލާގެ ރައްދުގައި އީރާނުން ދޭ ޙަމަލާތައް ލިމިޓް ކުރުމަށް ޓްރަމްޕް އެދުމުން ޚާމަނާއީ ވިދާޅުވީ، އީރާނަށް އެންމެ ޙަމަލާ އެއް ދިނަސް ރައްދުގައި ދޭ ޙަމަލާ ފުޅަވާނެ ކަމަށާއި އިސްރާއީލަށް ވެސް ޙަމަޅަ ދޭނެ ކަމަށެވެ.

އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރު މެދުއިރުމަތީގައި (ފައިލް ފޮޓޯ)
އެއާއި އެކު ޓްރަމްޕުގެ ސަރުކާރުން ބުނީ މަޝްވަރާ ކުރުމަށް ބޭނުން ކަމަށާއި، ވަގުތު ފާއިތު ވުމުގެ ކުރިން މަޝްވަރާގެ މޭޒަށް އައުމަށެވެ، އެހެންނޫންނަމަ ތެހެރާނަށް ވަރުގަދަ ބާރަކާއި އެކު ޙަމަލާ ދޭނެ ކަމަށެވެ. ރައްދުގައި ޚާމަނާއީ ވިދާޅުވީ އެމެރިކާ އަކީ ސުޕަރ ޕަވާއެއް ނޫން ކަމަށާއި ބިރުގަންނަނީ ހަމަ އެކަނި الله ސުބުޙާނަހޫ ވަތަޢާލާ އަށް ކަމަށެވެ. ސުޕަރ ޕަވާ އަކީ ވެސް الله ކަމަށެވެ.










