Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިތުރު އަތޮޅެއްގައި އަންނަ މަހު އާރްޓީއެލްގެ ހިދުމަތް ފަށަނީ

އިތުރު އަތޮޅެއްގައި އަންނަ މަހު އާރްޓީއެލްގެ ހިދުމަތް ފަށަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
224 ދުވަސް ކުރިން - 28 ޖެނުއަރީ 2026 15:11
އާރުޓީއެލް ފެރީ--- ފޮޓޯ: އެމްޓީސީސީ
އާރުޓީއެލް ފެރީ--- ފޮޓޯ: އެމްޓީސީސީ
ޚުލާސާ

އެންމެ ފަހުން އާރްޓީއެލް ފެރީގެ ހިދުމަތް ފެށީ، ތ. އަތޮޅުގައި، އެހެންކަމުން ޖުމްލަ 12 އަތޮޅެއްގައި މިހާރު އާރްޓީއެލްގެ ހިދުމަތް ވަނީ ފެށިގެން ގޮސްފަ

އިތުރު އަތޮޅެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް، އަންނަ ފެބްރުއަރީ މަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އަންނަ މަހު އިތުރު އަތޮޅެއްގައި ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ދެން އެންމެ އަވަހަށް މި ހިދުމަތް ފަށާނެ އަތޮޅުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ރާއްޖޭގައި ދެނީ ޖުމްލަ ހަ ޒޯނަކަށް ބަހާލައިގެންނެވެ. މި ހިދުމަތް މިހާތަނަށް ހަތަރު ޒޯނެއްގައި ފަށާފައިވާއިރު، ހިދުމަތް ނުފަށާ މިހާރު އޮތީ، ޒޯން ހަތަރެއް އަދި ޒޯން ތިނެއްގަ އެވެ. ޒޯން ހަތަރެއްގައި ހިމެނޭ އަތޮޅުތަކަކީ، މ، ފ، ދ އަދި ލ. އަތޮޅެވެ. ޒޯން ތިނެއްގައި ހިމެނޭ އަތޮޅުތަކަކީ، ކ، އއ، އދ އަދި ވ. އަތޮޅެވެ.

Advertisement

Advertisement 1

އެންމެ ފަހުން އާރްޓީއެލް ފެރީގެ ހިދުމަތް ފެށީ، ތ. އަތޮޅުގަ އެވެ. އެއާއެކު މިހާތަނަށް ޖުމްލަ 12 އަތޮޅެއްގައި މި ހިދުމަތް ވަނީ ފެށިގެން ގޮސްފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވިދާޅުވީ، މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި މި ހިދުމަތް ފެއްޓެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އާރުޓީއެލް ފެރީގެ ހިދުމަތަކީ، ހައި ސްޕީޑް ފެރީ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ. މި ހިދުމަތުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ދެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.

އާރުޓީއެލް ފެރީޓްރާންސްޕޯޓް މިނިސްޓްރީ (އުވާލެވިފައި)އެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މި ހަފުތާގައި ފަށަނީ

އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމް މިހަފްތާގައި ފަށަނީ

1 ދުވަސް ކުރިން - 12:00

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް: އޭބީސީ ފަށަލަ އަޅަން ފަށައިފި

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އޭބީސީ ފަށަލަ އަޅަން ފަށައިފި

9 ދުވަސް ކުރިން - 18:45

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމެންޓް ނޮވެމްބަރަށް ނިންމަނީ

އަމީނީމަގު ތަރައްގީ ކުރުން: ފުރަތަމަ ސެގްމަންޓުގައި ތާރު އަޅަން ތައްޔާރުވަނީ

13 ދުވަސް ކުރިން - 14:03

އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026": 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

އެމްޓީސީސީ އިން 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

14 ދުވަސް ކުރިން - 16:19

އެމްޓީސީސީއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް: ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ %88 އިތުރުވެ 84.83 މިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާ 84 މިލިއަން ރުފިޔާއަށް އަރައިފި

16 ދުވަސް ކުރިން - 14:09

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

17 ދުވަސް ކުރިން - 18:22