އާއިލާއަށް ހަބަރު ނުވެގެން ގެއްލިގެން ހޯދަމުން އައި އަބްދުލްއަޒީޒު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުވައްމުލަކަށް ނިސްބަތްވާ އަބްދުލް އަޒީޒު ގެއްލިގެން ހޯދަން ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދުނީ އިއްޔެ އެވެ. ފުލުހުން ބުނިގޮތުގައި އޭނާ ގެއްލިގެން ހޯދަން ފެށީ އާއިލާއަށް ހަބަރު ނުވާތާ ފަސް ވަރަކަށް މަސް ވުމުންނެވެ.
އެގޮތުން އަބްދުލްއަޒީޒު އެންމެ ފަހުން އައިލާއަށް ފޯނުން ގުޅާފައިވަނީ 3 ސެޕްޓެމްބަރު 2025 ގައި ކަަމަށާއި އޭގެ ފަހުން އާއިލާ މީހަކަށް އޭނާ ފެނިފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގައި މާލެ އައިޖީއެމްއެޗް ހޮސްޕިޓަލް ކައިރިން ކަމަށް އާއިލާ އާ ހަވާލާދީ ފުލުހުން އިއްޔެ ބުންޏެވެ.
އޭނާ ހޯދަން އިއުލާނުކުރި ފަހުން އަމިއްލައަށް އާއިލާއަށް ގުޅައި ވަނީ ހަބަރުވެފަ އެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ އާއިލާއަށާއި ފުވައްމުލައް ޕޮލިސް ސްޓޭޝަނަށް ގުޅައި، އޭނާ ހުރީ ތިލަފުށީގައި ކަމާއި ހާލު ރަނގަޅުކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.










