Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށްގެން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށްގެން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

މުހައްމަދު ޖަމްޝަތު
136 ދުވަސް ކުރިން - 26 ޖެނުއަރީ 2026 18:48
މީހެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައެއްގައި ހައްޔަރުކުރި މީހުން---ފޮޓޯ:ޕޮލިސް
މީހެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައެއްގައި ހައްޔަރުކުރި މީހުން---ފޮޓޯ:ޕޮލިސް
ޚުލާސާ

މި މީހުންވަނީ މީހެއްގެ ސޯޝަލް މީޑީއާ އެކައުންޓުތައް ހެކުކޮށްގެން އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ އެކައުންޓުން 279،600ރ ވަގަށް ނަގާފަ

މީހެއްގެ ސޯޝަލް މީޑީޔާ އެކައުންޓުތައް ކޮމްޕްރޮމައިޒް ކޮށް އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައިގައި 10 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި މި މީހުން ހައްޔަރުކޮށްފައިވަނީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279,600 އަށްވުރެ ގިނަ ފައިސާ ނަގާފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ގޭންގު ކްރައިމްއާއި ހިންމަފުށި ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ފުލުހުންވެސް ބައިވެރިވި ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި 10 މީހުންނަކީ:

Advertisement

Advertisement 1

މުހައްމަދު ހަސަން، ގުޑްލައިފް / ލ. އިސްދޫ (59އ)

އަލީ އިރުފާނު އަހުމަދުދީދީ، އުދަ / ސ. ހިތަދޫ (26އ)

އަލީ ޝިރާޒު، ނަންރީތިގެ / ސ. ހިތަދޫ (38އ)

އަބްދުﷲ ނާފިޒް، ޕެރިމްރޯޒް / ހދ. ވައިކަރަދޫ (39އ)

މުހައްމަދު އަލީ، ފޫހިވާގެ / ގއ. ކަނޑުހުޅުދޫ (42އ)

މުހައްމަދު ނުހާދު އަލީ، މ. މާލޭގެއާގެ / މާލެ (30އ)

މުހައްމަދު ސިމާދު، ޕެނަމާ / ހއ. ކެލާ (38އ)

އަލީ އިމްރާން، ހީނާމާގެ / ގދ. ފިޔޯރީ (38އ)

އަބްދުﷲ އިސްރާގް، ގުލްބަކާގެ / ގދ. ތިނަދޫ (19އ)

މުޙައްމަދު އިބްރާހީމް، މެޑޯޒް / ކ. ހިންމަފުށި (49އ)

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މީހުންގެ ތެރެއިން ހަ މީހުންނަކީ ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށް ފައިސާ ނަގާފައިވާ މީހުން ކަމަށެވެ. އަދި އެތަނުން އެކަކު، ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް އެ ފައިސާއަށް މުދާ ގަނެފައިވާއިރު އަނެއް ތިން މީހުންނަކީ އެކި މީހުން އޭޓީއެމްއަށް ގެންގޮސްގެން އެ މީހުން މެދުވެރިކޮށް އޭޓީއެމްއިން ފައިސާ ނެގުމަށްފަހު އެ ފައިސާތަކާ ހަވާލުވެފައިވާ މީހުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ މި ދިހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އިބްރާހީމް ފަސް ދުވަހަށް، މުހައްމަދު އަލީ އާއި މުހައްމަދު ހަސަން ހަތް ދުވަހަށް، އަލީ އިރުފާން އަހުމަދުދީދީ 10 ދުވަހަށް އަދި އަނެއް ހަ މީހުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ ކަމަށްވެސް ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްސްކޭމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

7 ގަޑިއިރު ކުރިން - 13:11

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

10 ގަޑިއިރު ކުރިން - 10:10

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

3 ދުވަސް ކުރިން - 17:20

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

9 ދުވަސް ކުރިން - 09:50

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

10 ދުވަސް ކުރިން - 01:55