Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓެކުހަށް މަކަރުހެދި މައްސަލާގައި އަލީ ލަތީފާއި އިކުލީލަށް ދައުވާކުރަން ފޮނުވައިފި

ޓެކުހަށް މަކަރުހެދި މައްސަލާގައި އަލީ ލަތީފާއި އިކުލީލަށް ދައުވާކުރަން ފޮނުވައިފި

މުހައްމަދު ޖަމްޝަތު
231 ދުވަސް ކުރިން - 21 ޖެނުއަރީ 2026 16:59
ޑރ. އަލީ އަބްދުالله ލަތީފާއި، ޑރ. އިކްލީލު ޝަރީފުގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފަ---ޚުލާސާ ގްރެޕިކްސް
ޑރ. އަލީ އަބްދުالله ލަތީފާއި، ޑރ. އިކްލީލު ޝަރީފުގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފަ---ޚުލާސާ ގްރެޕިކްސް
ޚުލާސާ

ދައުވާ ލިބޭ ވަކިވަކި މީހުންގެ މައްޗަށް ކުށް ސާބިތުވާ ހާލަތުގައި ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުމަށް ޕީޖީން ވަނީ ކޯޓުގައި އެދިފަ

ކޮވިޑް-19ގެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދީގެން ހޯދި އާމްދަނީގެ ޓެކްސްއަށް ގަސްތުގައި މަކަރު ހެދި މައްސަލައިގައި ޑރ. އަލީ އަބްދުالله ލަތީފާއި، ޑރ. އިކްލީލު ޝަރީފުގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

ޑރ. އަލީ ލަތީފާއި ޑރ. އިކްލީލްގެ މަސްލަހަތު އޮންނަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުން ޓެކުހަށް މަކަރު ހަދާފައިވާކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އިން ޕިޖީ އޮފީހަށް ހުށެހެޅިކަން ހާމަކުރީ އިއްޔެ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ އެ އޮފީހުން ދިރާސާ ކުރުމަށްފަހު ތުހުމަތުކުރެވޭ ކުންފުނިތަކާއި މީހުންގެ މައްޗަށް ދައުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement

Advertisement 1

ޕީޖީ އޮފީހުން ބުނިގޮތުގައި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކުރަނީ ޓެކްސް ދެއްކުމުން ގަސްތުގައި އެއްކިބާވުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޓެކްސް ދެއްކުމުން ގަސްތުގައި އެއްކިބާވުމުގެ ކުށުގެ ތިން ދައުވާ ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ދަށުން، ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއަޅާފައިވާތީ ވެސް ދައުވާކުރުމަށް ވަނީ ނިންމާފަ އެވެ.

މި މައްސަލައިގައި ޑރ. އަލީ ލަތީފްގެ މައްޗަށް ޓެކްސް ދެއްކުމުން ގަސްތުގައި އެއްކިބާވުމުގެ ކުށުގެ ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ. ޑރ. އިކްލީލް އާއި އެމީހުންގެ ޓެކްސް ބަޔާންތައް ތައްޔާރުކޮށްދިން އަލީ ފަޔާޒްގެ މައްޗަށް ޓެކްސް ދެއްކުމުން ގަސްތުގައި އެއްކިބާވުމުގެ ކުށުގެ ފަސް ދައުވާ ކުރުމަށް ވަނީ ނިންމާފަ އެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ދައުވާ ލިބޭ ކުންފުނިތަކުން މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައިވާ އަދަދުތަކާއި، ކުންފުނިތަކުގެ އަސްލު އާމްދަނީއަށް ބަލާއިރު މި ދެ ކުންފުނިން 20.2 މިލިއަން ރުފިޔާގެ ޓެކްސް ދެއްކުމުން ގަސްތުގައި އެއްކިބާވެފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ކުންފުނިތަކުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާ ހާލަތުގައި، ޓެކްސް ދެއްކުމުން އެއްކިބާވި އަދަދުގެ ދެ ގުނައަށްވާ 40.4 މިލިއަން ރުފިޔާއިން ކުންފުނިތައް ޖޫރިމަނާ ކުރުމަށް ކޯޓުގައި އެދެން އެ އޮފީހުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

މި މައްސަލާގައި ވަކިވަކި މީހުންގެ މައްޗަށް ދައުވާ ކޮށްފައިވާނީ، ދައުވާ ލިބޭ ކުންފުނިތަކުގައި އެ މީހުން އަދާކުރާ ދައުރަށް ބަލާފައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި ދައުވާ ލިބޭ ވަކިވަކި މީހުންގެ މައްޗަށް ކުށް ސާބިތުވާ ހާލަތުގައި ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުމަށް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް ބުންޏެވެ.

ޑރ. އިކްލީލް ޝަރީފަކީ، އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރެކެވެ. އަދި ޑރ. އަލީ ލަތީފަކީ، އައިލެންޑު ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުގެ 50 އިންސައްތަ ހިއްސާ އޮންނަ، ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރާ މީހެކެވެ.

ޕީޖީ އޮފީހުން ބުނީ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީވެސް ޑރ. އަލީ އަބްދުﷲ ލަތީފުގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށާއި، ކޮވިޑު ދުވަސްވަރު މި ކުންފުނިތައް ހިންގުމުގައި ޑރ. އަލީ ލަތީފު އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އަދި އަލީ ފަޔާޒަކީ މި ދެ ކުންފުނީގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތެއް ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްކްރިމިނަލް ކޯޓުމީރާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 15:41

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަން ނިންމައިފި

ވާނުވާ ބަންދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ

21 ދުވަސް ކުރިން - 15:17

ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން ހަމަޖައްސަވައިފި

ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން ހަމަޖައްސަވައިފި

30 ދުވަސް ކުރިން - 08:57

ފަހުދާގެ ދައުވާ އަނބުރާ ގެންގޮސް، އިމާދަށް 13 އަހަރުގެ ޖަލު ހުކުމެއް

ފަހުދާގެ ދައުވާ އަނބުރާ ގެންގޮސް، އިމާދަށް 13 އަހަރުގެ ޖަލު ހުކުމެއް

36 ދުވަސް ކުރިން - 00:57

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

52 ދުވަސް ކުރިން - 12:41