ބާސެލޯނާ ބަލިވެ ސްޕެނިޝް ލީގުގެ ވާދަވެރިކަން ބޮޑުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 5 ދުވަސް ކުރިން - 19 ޖެނުއަރީ 2026 15:59
ސޮސައިޑާޑް އާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން---
ސޮސައިޑާޑް އާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން---
ޚުލާސާ

މި ނަތީޖާއާއެކު ސޮސައިޑާޑް ވަނީ 20 މެޗުން 24 ޕޮއިންޓު ލިބި ތާވަލުގެ އަށްވަނަ އަށް ޖެހިލާފައި. ބާސެލޯނާއާ މެޑްރިޑުގެ ފަރަގު މިވަނީ ޕޮއިންޓަކަށް ކުޑަވެފައި.

ސްޕެނިޝް ލަލީގާގައި 1-2 ގެ ނަތީޖާއިން ސޮސައިޑާޑް އަތުން ބާސެލޯނާ ބަލިވެ ވާދަވެރި ރިއަލް މެޑްރިޑާ އޮތް ފަރަގު ޕޮއިންޓަކަށް ކުޑަވެއްޖެ އެވެ.

ސޮސައިޑާޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު 32 ވަނަ މިނެޓުގައި ގޮންޒާލޯ ގުއެޑެސް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރީ މައިކަލް އޮޔަޒަބާލް އެވެ. ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއިންނެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ލަމިން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ރަޝްފޯޑު ބޮލުން ޖަހައި ގޯލެއް ވައްދާލި ނަމަވެސް މެޗު އެއްވަރުވެފައި އޮތީ މިނެޓެއް ވަންދެނެވެ. 71 ވަނަ މިނެޓުގައި ސޮސައިޑާސަށް ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ކާލޮސް ސޯލާ ތަނަވަސްކޮށްދިން ފުރުސަތަކުން ގުއެޑެސް އެވެ.

ބާސެލޯނާގެ ޕެޑްރީއަށް 88 ވަނަ މިނެޓުގައި ސޮސައިޑާޑްގެ ސޯލާ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ބާލާފަ އެވެ.

މި ނަތީޖާއާއެކު ސޮސައިޑާޑް އަށް ވަނީ 20 މެޗުން 24 ޕޮއިންޓު ލިބި ތާވަލުގެ އަށްވަނަ އަށް ޖެހިލާފަ އެވެ. 49 ޕޮއިންޓާއެކު ބާސެލޯނާ އެއްވަނައިގައި އޮތްއިރު ވާދަވެރި ރިއަލް މެޑްރިޑް އޮތީ 48 ޕޮއިންޓާއެކު ދެވަނައިގަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%