މި ދުވަސްވަރު އަރިދަފުސް ރޯގާ، ބޭރަށް ހިންގުން އަދި ޑެންގީހުން އިތުރުވަމުންދާތީ ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފި އެވެ.

މި ދުވަސްވަރު އަރިދަފުސް ރޯގާ، ބޭރަށް ހިންގުން އަދި ޑެންގީ ހުން އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަންނަނިވި ކަންކަމަށް ސަމާލުވުމަށް އައިޖީއެމްއެޗުން ވަނީ އެދިފަ އެވެ. އެގޮތުން:

  1. ރޯގާގެ އަލާމަތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް އަދި ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުން
  2. އުމުރުން ދުވަސްވީ މީހުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން، ކުޑަކުދިން، މާބަނޑުމީހުން އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުން
  3. ސާފުތާހިރުކަމަށް އިސްކަން ދިނުމާއި ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުން ނުވަތަ ހޭންޑް ސެނިޓާއިޒާ ބޭނުންކުރުން
  4. މަދިރި އާލާވާ ފަދަ ފެން ހަރުލާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އެޅުން

ހުމާއި ރޯގާ ފެތުރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި އައިޖީއެމްއެޗުން ވަނީ އެކަމަށް ހާއްސަކޮށްގެން ފްލޫ ކްލިނިކެއް ވެސް ހުޅުވައިފަ އެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން އިން ރޭގަނޑު 22:00 އަށް އެ ކްލިނިކުން ހިދުމަތް ދޭނެ އެވެ.