މެންޗެސްޓާގެ ޑާބީ ކަމަށްވާ ޔުނައިޓެޑާއި ސިޓީގެ ކުރިމަތިލުން 0-2 ގެ ނަތީޖާއިން ޔުނައިޓެޑުން ކާމިޔާބުކޮށްފި އެވެ.
އޯލްޑް ޓެރެފޯޑުގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސިޓީން ކުޅުނު ނަމަވެސް ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވައި ރަނގަޅު ކުޅުމެއް ދައްކާފައިވަނީ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑުން އޮފްސައިޑު ދެ ގޯލު ވެސް ޖަހާފައިވެ އެވެ.
މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެ ގޯލު ވެސް ޖަހާފައިވަނީ ދެވަނަ ހާފުގަ އެވެ. އެގޮތުން ބްރޫނޯ ފެނާންޑެސް ތަނަވަސްކޮށްދިން ފުރުސަތަކުން 65 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ކާމިޔާބުކުރީ އެމްބޫމޯ އެވެ. ދެވަނަ ގޯލަކީ 76 ވަނަ މިނެޓުގައި ކުންހާ ނަގައިދިން ކްރޮހަކުން ޑޯގޫ ޖަހައިދިން ގޯލެކެވެ. މެޗުގެ 2+90 ވަނަ މިނެޓުގައި މައުންޓް ޖެހި ގޯލު ވީއޭއާރު ބެލުމަށްފަހު ވަނީ ކެންސަލް ކޮށްފަ އެވެ.
މިއީ ރުބެން އަމޮރިމް ޔުނައިޓެޑުގެ ކޯޗު ކަމުން ވަކިކުރުމަށްފަހު މައިކަލް ކެރިކް ކޯޗު ކަމުގެ މަގާމާ ހަވާލުވެ ކުޅުނު ފުރަތަމަ މެޗެވެ. އެހެން ކަމުން މި މޮޅަކީ ކެރިކުގެ ކެރިއަރުގައި ތާރީހީ މޮޅަކަށް ވެގެންދާނެ އެވެ.
މި މޮޅާއެކު ޔުނައިޓެޑުން ވަނީ 35 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައަށް ޖެހިލާފަ އެވެ. އަދި މިރޭ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗުން އާސެނަލް މޮޅުވެއްޖެ ނަމަ، ސިޓީއާ ދެމެދުގައި އޮތް ފަރަގު ނުވަ ޕޮއިންޓަށް ބޮޑުވާނެ އެވެ. ސިޓީ ދެވަނައިގައި އޮތީ 43 ޕޮއިންޓާއެކު އެވެ. ތިން ވަނައިގައި އޮތް އެސްޓަންވިލާ މާދަމާރޭ މޮޅުވެއްޖެ ނަމަ ތާވަލުގެ ދެވަނައަށް އަރާނެ އެވެ.






