Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

2025: ދުނިޔޭގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ހޫނު ގަދަވި އަހަރު!

2025: ދުނިޔޭގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ހޫނު ގަދަވި އަހަރު!

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
140 ދުވަސް ކުރިން - 16 ޖެނުއަރީ 2026 10:46
ފިނިހޫނުމިން އުޅެނީ ޕެރިސް އެއްބަސްވުމަށްވުުރެ މަތީގައި
ފިނިހޫނުމިން އުޅެނީ ޕެރިސް އެއްބަސްވުމަށްވުުރެ މަތީގައި
ޚުލާސާ

ތަޖުރިބާކާރުން ބުނާ ގޮތުގައި ދުނިޔޭގެ ފިނިހޫނުމިން ނުރައްކާތެރި ދަރަޖައަކަށް އިތުރުވަމުން ދަނީ އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ޖައްވުގައި ގްރީންހައުސް ގޭސްތައް އިތުރުވުމުން

ދުނިޔެ އެންމެ ގަދަޔަށް ހޫނުވި ތިންވަނަ އަހަރަކީ 2025 ވަނަ އަހަރު ކަމުގައި ޔޫރަޕްގެ މޫސުމާބެހޭ މާހިރުން ބުނެފި އެވެ. 

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 އިން 2025 އަށް ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ވަނީ ޕެރިސް އެއްބަސްވުމުގައި ކަނޑައަޅާފައިވާ 1.5 ޑިގްރީ ސެލްސިއަސް މިންގަނޑަށްވުރެ މަތިވެފަ އެވެ.

ޔޫރަޕްގެ މޫސުމާބެހޭ އިދާރާއިން ބުނާގޮތުގައި 2025 ވަނަ އަހަރު ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ކުރިއަށް ވުރެ 1.47 ޑިގްރީ ސެލްސިއަސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ފާއިތުވި 11 އަހަރަކީ ތާރީހުގައިވެސް އެންމެ ހޫނު ގަދަވި އަހަރުތަކެވެ.

Advertisement

Advertisement 1

ދިރާސާތަކަށް ބަލާއިރު 2025 ވަނަ އަހަރު، 2024 ވަނަ އަހަރަށް ވުރެ 0.13 ޑިގްރީ ސެލްސިއަސް ހޫނުވެފައި ވާއިރު 2023 ވަނަ އަހަރަށް ވުރެ 0.01 ޑިގްރީ ސެލްސިއަސް ހޫނުވެފައިވެ އެވެ.

އިނގިރޭސިވިލާތުގެ މެޓް އޮފީހުން ވެސް ވަނީ 2025 ވަނަ އަހަރަކީ ތިން ވަނައަށް އެންމެ ހޫނުގަދަވި އަހަރު ކަމަށް ކަނޑައަޅާފަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ދުނިޔޭގެ ފިނިހޫނުމިން ނުރައްކާތެރި ދަރަޖައަކަށް އިތުރުވަމުން ދަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ޖައްވުގައި ގްރީންހައުސް ގޭސްތައް އިތުރުވުމުންނެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ 2015 ވަނަ އަހަރު ޕެރިސް އެއްބަސްވުމުގެ ދަށުން ގާތްގަނޑަކަށް 200 ގައުމަކުން ފިނިހޫނުމިން އިތުރުވުން 1.5 ޑިގްރީއަށްވުރެ މަތިނުވާނޭ ގޮތަކަށް ހެދުމަށް ވައުދުވި ނަމަވެސް، އެއަށް އަމަލު ނުކުރެވުމުގެ ސަބަބުން އެ އަމާޒަށް ދަތުރު ނުކުރެވި ދުނިޔެ ދަނީ ނުރައްކަލުގެ ތެރެއަށް ވެއްޓެމުންނެވެ.

އެމެރިކާއިން ވަނީ ޕެރިސް އެއްބަސްވުމުން ވަކިވެފަ އެވެ. އެއީ އެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފިނަމަ، ދުނިޔެއަށް ހެޔޮ ބަދަލެއް އަޔަސް، އެމެރިކާގެ މަސްލަހަތަށް އެކަމުން ގެއްލުން ވެދާނެތީ އެވެ.

ދުނިޔެމޫސުން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

13 ގަޑިއިރު ކުރިން - 12:25

އީރާން ހަނގުރާމަ: އީރާނާއި އެމެރިކާއިން މައިންތައް ނަގަން އެއްބަސްވެއްޖެ

އީރާން ހަނގުރާމަ: އީރާނާއި އެމެރިކާއިން މައިންތައް ނަގަން އެއްބަސްވެއްޖެ

7 ދުވަސް ކުރިން - 20:34

މެދުއިރުމަތީގައި މުސީބާތްތަކާއި ކުރިމަތިލި މަނަވަރު އެމެރިކާއަށް މިސްރާބުޖަހައިފި

މެދުއިރުމަތީގައި މުސީބާތްތަކާއި ކުރިމަތިލި މަނަވަރު އެމެރިކާއަށް މިސްރާބުޖަހައިފި

20 ދުވަސް ކުރިން - 17:02

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

26 ދުވަސް ކުރިން - 18:09

މޫސުމަށް ރައްކާތެރިވެ ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި

ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށްއެދި އެންޑީއެމްއޭގެ އިލްތިމާސްއެއް

27 ދުވަސް ކުރިން - 15:19

ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް ނެރެފި

ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް!

32 ދުވަސް ކުރިން - 09:27