މިސްރާއި އުރުދުން އަދި ލުބުނާނުގައި ހުންނަ މުސްލިމް ބްރަދަހުޑްގެ ގޮފިތައް އެއީ ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައި އެމެރިކާ އިން ކަނޑައަޅައިފިއެވެ.
މެދުއިރުމަތީގައި މުސްލިމް ބްރަދަހުޑްގެ މި ތިން ގޮފި ޓެރަރިސްޓް ޖަމިއްޔާތަކެއްގެ ގޮތުގައި ކަނޑައަޅާފައި ވާއިރު، އެ ޖަމާއަތްތަކާއި އެ ޖަމާއަތްތަކުގެ މެމްބަރުންނަށް ވެސް ޓްރަމްޕުގެ ސަރުކާރުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
މުސްލިމް ބްރަދަހުޑް އަކީ އެކި ގައުމުތަކުގައި އެކި ނަންނަމުގެ ދަށުން ހިންގަމުންދާ ޖަމިއްޔާއެކެވެ. މިޞްރުގައި މި ޖަމާޢަތަށް މަޝްހޫރުވެފައިވަނީ 1928 ވަނަ އަހަރު އުފެއްދި އަސްލު ޖަމާޢަތް ކަމަށްވާ އަލްއިޚްވާން އަލްމުސްލިމޫންގެ ނަމުންނެވެ. ލުބުނާނުގައި މި ޖަމާޢަތް ހިންގަނީ އިޖުތިމާޢީ އަދި ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ އަލްޖަމާޢަތުލް އިސްލާމިއްޔާ ގެ ގޮތުގައެވެ. އުރުދުންގައި މި ޖަމާޢަތް ހިންގަނީ ޖަބަހަތުލް ޢަމަލުލް އިސްލާމީގެ ނަމުންނެވެ.
އެމެރިކާއާއި އެމެރިކާގެ މަސްލަހަތަށް ނުރައްކާވާ ކަމަށް ބުނެ ލުބުނާނާއި އުރުދުން އަދި މިސްރުގައި ހުންނަ މުސްލިމް ބްރަދަހުޑްގެ ގޮފިތަކާއި ދެކޮޅަށް ޓްރެޝަރީ އާއި ސްޓޭޓް ޑިޕާޓްމަންޓުން މި ފިޔަވަޅުތައް އަޅާފައިވާކަން އިޢުލާން ކުރީ މިއަދުއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ލުބުނާނުގެ ގޮތްޕަކީ ފޮރިން ޓެރަރިސްޓް އޯގަނައިޒޭޝަނެއްގެ ކަމަށާއި، އެ ޖަމާއަތަށް މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޖިނާއީ ކުށެއް ކަމަށެވެ.
އުރުދުން އާއި މިސްރުގެ ގޮފިތައް ޓެރަރިސްޓް އޯގަނައިޒޭޝަންތަކުގެ ލިސްޓަށް އިތުރުކުރީ ހަމާސްއަށް ތާއީދުކުރާތީއެވެ.






