Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން ރަނާއި ރިހީގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެ

އިރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން ރަނާއި ރިހީގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެ

މުހައްމަދު ޖަމްޝަތު
149 ދުވަސް ކުރިން - 12 ޖެނުއަރީ 2026 18:11
ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު ވަނީ ރެކޯޑް މިންވަރަކަށް އުފުލި 4،600 ޑޮލަރަށް އަރާފަ---
ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު ވަނީ ރެކޯޑް މިންވަރަކަށް އުފުލި 4،600 ޑޮލަރަށް އަރާފަ---
ޚުލާސާ

ޖުލައި މަހާ ހަމަޔަށް ރަނުގެ އައުންސެއްގެ އަގު 5،000 ޑޮލަރަށް އަރާނެ ކަމަށް އެޗްއެސްބީސީން ވަނީ ލަފާކޮށްފަ

އިރާނުގައި ހަމަނުޖެހުންތަކާއި ގުޅިގެން އެމެރިކާގެ ފެޑެރަލް ރިޒާވްއަށް ސިޔާސީ ޕްރެޝަރު ބޮޑުވެ އެމެރިކާގެ ވަޒީފާގެ ޑޭޓާތައް ދަށްވުމުގެ ސަބަބުން ގްލޯބަލް މާކެޓުގައި ރަނާއި ރިހީގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެ އެވެ.

މިއަދު އޭޝިއާ މާކެޓުގައި ރަނުގެ އައުންސެއްގެ އަގު ވަނީ 4،600 ޑޮލަރަށް އަރާފަ އެވެ. އަދި އެމެރިކާގެ ގޯލްޑް ފީޗާ ވަނީ ދެ ޕަސެންޓް އުފުލި، އައުންސެއް 4،591.10 ޑޮލަރަށް އަރައިފަ އެވެ. މިއީ މިހާތަނަށް ރަނުގެ އަގު މިހާ މަތިވި ފުރަތަމަ ފަހަރެވެ.

ރަނުގެ އިތުރުން ރިއްސާއި ޕްލެޓިނަމް އަދި ޕެލޭޑިއަމްގެ އަގުވެސް ވަނީ ރެކޯޑް މިންވަރަކަށް އުފުލިފަ އެވެ.

Advertisement

Advertisement 1

އެގޮތުން ސްޕޮޓް ޓްރޭޑިންގައި ރިހި ވަނީ 4.4 ޕަސެންޓް އުފުލި، 83.50 ޑޮލަރަށް އަރައިފަ އެވެ. ޕްލެޓިނަމްގެ އަގު 2.9 ޕަސެންޓް އިތުރުވެ 2،338.54 ޑޮލަރަށް އަރާފައިވާއިރު ޕެލޭޑިއަމްގެ އަގު ވަނީ 4.2 ޕަސެންޓް އުފުލި 1،892.18 ޑޮލަރަށް އަރައިފަ އެވެ.

ގްލޯބަލް މާކެޓުގައި މެޓަލްގެ އަގު މިހާބޮޑަށް އުފުލުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އިރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނާއި އެމެރިކާގެ ފެޑެރަލް ރިޒާވްގެ ސިޔާސީ ޕްރެޝަރުތަކުގެ ސަބަބުން އިންވެސްޓަރުން ޑޮލަރު ދޫކޮށް "ސޭވް ހޭވަން" އެއް ގޮތުގައި ރަނާއި ރިހި ބަލައިގަންނަން ފެށުމެވެ.

އިރާނުގައި ހަމަނުޖެހުންތައް އިތުރުވެ، 500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އިރާނުގެ ހަމަނުޖެހުންތަކަށް އެމެރިކާއިން އަތްބާނައިފި ނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އިރާނުން ވަނީ ދީފަ އެވެ. އިރާނަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ނިއުކްލިއާ ބާރަށްވާއިރު ވެނެޒުއޭލާއަށް އަރައި އެމެރިކާއިން ހިންގި ޖަރީމާތަކުގެ ސަބަބުންނާއި ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ސަބަބުން އިރާނާއި އެމެރިކާ ދެމެދުގެ ކޯޅުންގަނޑު އިތުރަށް ވަރުގަދަ ވެގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެގައުމުގެ ފެޑެރަލް ރިޒާވްގެ މައްޗަށް ޖިނާއީ ދައުވާ ކުރާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން ވޮޝިންޓަންގައި އޮތް ސިޔާސީ ހަމަނުޖެހުންތަކަކީވެސް ރަނުގެ އަގު އުފުލުމަށް ލިބުނު ހިތްވަރެކެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ބޭންކް އަދި ފައިނޭންޝަލް އިންސްޓިޓިއުޓް ކަމަށްވާ އެޗްްއެސްބީސީން ބުނާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ރަނުގެ އައުންސެއްގެ އަގު 5،000 ޑޮލަރަށް އަރާނެ އެވެ.

ރަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަނުގެ އަގު ރެކޯޑަކަށް ފަހު ރެކޯޑެއް، މިހާރު 5،000 ޑޮލަރުން މަތީގައި!

ރަނުގެ އަގު ފުރަތަމަ ފަހަރަށް 5،000 ޑޮލަރަށް

134 ދުވަސް ކުރިން - 22:57

އެ މީހުން މުއްސަނދިވީ މުސްލިމުންގެ އަތުން ފޭރިގަތް ރަނުން

އެމީހުން މުއްސަނދިވީ މުސްލިމުންގެ އަތުން ފޭރިގަތް ރަނުން

189 ދުވަސް ކުރިން - 00:49

61 މިލިއަން ޓަނުގެ ރަންވަޅެއް އީރާނުން ހޯދައިފި

61 މިލިއަން ޓަނުގެ ރަންވަޅެއް އީރާނުން ހޯދައިފި

189 ދުވަސް ކުރިން - 10:48