ހުޅުމާލޭގައި ހިންގަމުންދިޔަ 5 ސްޕާއެއް ބަލައިފާސްކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 48 ދުވަސް ކުރިން - 12 ޖެނުއަރީ 2026 14:04
އިއްޔެ ހުޅުމާލޭގައި އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން--- ފޮޓޯ: އިމިގްރޭޝަން
އިއްޔެ ހުޅުމާލޭގައި އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން--- ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި މިހާތަނަށް މާލޭ ސަރަހައްދުން ޖުމްލަ 96 މަސާޖު ޕާލާއެއް ބަންދުކޮށްފައިވޭ

ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި ހުޅުމާލޭގައި ހިންގަމުންދިޔަ ފަސް ސްޕާއެއް ބަލައިފާސްކޮށްފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަނުގެ ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ހުޅުމާލޭގައި ހިންގަމުންދިޔަ ފަސް ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

Ad

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ގަވާއިދާ ހިލާފަށް މިފަދަ ތަންތަނުގައި މަސައްކަތް ކުރަމުންދާ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް، މިފަދަ ތަންތަނުގައި ހިންގަމުންދާ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް ކަމާ ގުޅުން ހުރި އިދާރާތަކުން އަންނަނީ އަޅަމުންނެވެ.

މީގެ އިތުރުން، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހުއްޓުވައި، ބިދޭސީން ހިންގާ އެފަދަ ވިޔަފާރިތައް ބަންދުކޮށް، އެ މީހުން އަނބުރާ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މާލޭގައި މަސާޖު ޕާލާތައް ގިނަކަމުގެ ޝަކުވާއަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ. ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާތަކުގައި ބައެއް ފަރާތްތަކުން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމާ ގުޅިގެން ރައީސް ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެށި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް މާލޭ ސަރަހައްދުން ޖުމްލަ 96 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށެވެ.

Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%