Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތަށް، 87 އިންސައްތަ މަސައްކަތް ނިންމާލައިފި

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތަށް، 87 އިންސައްތަ މަސައްކަތް ނިންމާލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
238 ދުވަސް ކުރިން - 10 ޖެނުއަރީ 2026 10:52
ހުޅުމާލެ ފޭސް 3. މި މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ--- ފޮޓޯ: އެމްއޭސީއެލް
ހުޅުމާލެ ފޭސް 3. މި މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ--- ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން 55 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކައި ނިމިފަ

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން 55 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކައި ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވަނީ 63 ހެކްޓަރުގެ ބިމެވެ.

Advertisement

Advertisement 1

އެމްއޭސީއެލް އިން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އަށް ނިމިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ދެ ޑްރެޖަރު ވަނީ ގެނެސް ބޭނުން ކުރަން ފަށައިފަ އެވެ. އެއީ 22,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ "ޕްރިންސް ޑާ ނެދަލޭންޑެން" އާއި، ހަމަ އެ ކެޕޭސިޓީގެ "އޮރަންޖް" އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ޖުމްލަ 1،351 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު ގޯތީގެ ގުރު ނެގުމުގެ ކަންކަން ނިމިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ކަލާފާނު ސްކޫލުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ އިތުރުން ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ވެސް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިކަމާ ގުޅިގެން ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވީ އަލަށް ގެނެވުނު ޑްރެޖަރުތަކާއެކު މި މަހުގެ ނިޔަލަށް ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ހުޅުމާލެ ފޭސް-3އެމްއޭސީއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2.54 ބިލިޔަން ރުފިޔާއަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

2 ދުވަސް ކުރިން - 13:57

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

5 ދުވަސް ކުރިން - 19:52

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

11 ދުވަސް ކުރިން - 20:25

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

14 ދުވަސް ކުރިން - 21:15

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

15 ދުވަސް ކުރިން - 08:26

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

17 ދުވަސް ކުރިން - 10:06