ކުރީގެ ތެލެސީމިއާ ސެންޓަރު ތަޅާލައި އެތަނުގައި ޖީޕީ ކްލިނިކެއް އަޅަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 14 ދުވަސް ކުރިން - 11 ޖެނުއަރީ 2026 10:24
ކުރީގެ ތެލެސީމިއާ ސެންޓަރު--- ފޮޓޯ: ޕީއެސްއެމް
ކުރީގެ ތެލެސީމިއާ ސެންޓަރު--- ފޮޓޯ: ޕީއެސްއެމް
ޚުލާސާ

މާލެ ސަރަހައްދުގައި ޖުމްލަ ހަ ޖީޕީ ކްލިނިކް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ

ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި ސަރަހައްދުގައި ޖީޕީ ކްލިނިކެއް ހަދަން، އެތަން ތަޅައިލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިއުލާނުކޮށްފި އެވެ.

އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނުގައި ބުނީ، ހެންވޭރު ޖީޕީ ކްލިނިކް ހެދުމަށް ކަނޑައަޅާފައިވާ ކުރީގެ ތެލެސީމިއާ ސެންޓަރު ތަޅާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން މި މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށް އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗުން ވަނީ މި މަސައްކަތުގެ ބީއޯކިއު އަދި ކުރެހުން އިއުލާނާއެކު ހިމަނައިފަ އެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތައް މިހާރު ދެމުން އަންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއިންނެވެ. އޮރެންޖު ހިޔާއިން ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތައް ދޭން ފެށުމާއެކު ހެންވޭރުގައި ހުންނަ ކުރީގެ ތެލަސީމިއާ ސެންޓަރު މިހާރު ހުންނަނީ ފަޅަށެވެ.

މާލެ ސަރަހައްދުގައި ހަ ޖީޕީ ކްލިނިކް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެތެރެއިން، މާފަންނުގައި މިހާރުވެސް އެއް ކްލިނިކް ވަނީ ހުޅުވައިފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%