Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިއަކީ ޖަރުމަނު ރައްޔިތެއް

މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިއަކީ ޖަރުމަނު ރައްޔިތެއް

މުހައްމަދު ޖަމްޝަތު
242 ދުވަސް ކުރިން - 1 ޖެނުއަރީ 2026 16:20
މި އަހަރުގެ ފުރަތަމަ ފަތުުރުވެރިޔާ އަށް ވީއައިއޭ އިން މަރުހަބާކިޔުން--- ފޮޓޯ:އެމްއޭސީއެލް
މި އަހަރުގެ ފުރަތަމަ ފަތުުރުވެރިޔާ އަށް ވީއައިއޭ އިން މަރުހަބާކިޔުން--- ފޮޓޯ:އެމްއޭސީއެލް
ޚުލާސާ

މިދިޔަ އަހަރު 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި. ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން ގެނައުން

މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް ރާއްޖެއިން ހޫނު މަރުހަބާ ކިޔައިފިއެވެ.

އެމްއޭސީއެލް ބުނިގޮތުގައި މި އަހަރުގެ ފުރަތަމަ ފަސިންޖަރުގެ ލަގަބު ލިބިފައިވަނީ އެތިހާދު އެއާވޭސް އިން ރާއްޖެ އައި ޖަރުމަންގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރޫ ހެލްވެގާ, 54އ. އަށެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އަންހެނުންނާ އެކުއެވެ. މިއީ ތޯމަސް އާއި އޭނާގެ އަންހެނުން ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

ތޯމަސް އަށް މަރުހަބާ ކިއުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް އޭރިއާގައި ވަނީ މިއަދު ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާގައި ތޯމަސް އަށް އެމްއޭސީއެލްގެ ފަރާތުން މަރުހަބާ ވިދާޅުވީ ޕެސެންޖާ ސާވިސަސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުސްތާގުއެވެ.

Advertisement

Advertisement 1

މި ހަފުލާގައި ތޯމަސް އަށް ވަނީ އެމްއޭސީއެލްގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފައެވެ.

އެމްއޭސީއެލް އިން ބުނީ އެކުންފުނީގެ އަމާޒަކީ އަބަދުވެސް ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކާއި އެއާޕޯޓްތަކުގެ ހިދުމަތް ހޯދާ ހުރިހާ ފަސިންޖަރުންނަށް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

ޕަސިންޖަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ވީއަައިއޭގެ އާ ޓާމިނަލުން މިހާރު ވަނީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ހިދުމަތްދޭންވެސް ފަށާފައެވެ. އެގޮތުން މިހާރު އާ ޓާމިނަލުން 41 އެއާލައިނަށް ދަނީ ހިދުމަތް ދެމުންނެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ 2025 ގައި ރާއްޖެއަށް ޖުމްލަ 2,240،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްއެވެ. މިއީ، 2024 ވަނަ އަހަރާއި އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ފަތުރުވެރިކަންއެމްއޭސީއެލްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

3 ގަޑިއިރު ކުރިން - 14:46

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

22 ގަޑިއިރު ކުރިން - 19:52

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

3 ދުވަސް ކުރިން - 11:46

ޓޫރިޒަމް މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ރުފިޔާއަށް ބަދަލުކުރަން އުޅޭތީ ޓީއީއޭއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

ޓޫރިޒަމް މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދިނުމާ ދެކޮޅަށް ޓީއީއޭްއެމްއިން އިހުތިޖާޛުކޮށްފި

5 ދުވަސް ކުރިން - 16:41

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް: ރާއްޖޭގެ ފަރުތަކާއި މަސްވެރިކަމަށް ބޮޑު ނުރައްކަލެއް

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް؛ މިއީ ނުރައްކަލެއް

6 ދުވަސް ކުރިން - 14:38

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

6 ދުވަސް ކުރިން - 20:25