ސޯމާލީލޭންޑުގެ މައްސަލައިގައި އިސްރާއީލާއި ދެކޮޅަށް އަރަބި-އެފްރިކާ ގައުމުތައް ތެދުވެއްޖެ

ހުސައިން އިސްމާއިލް | 27 ދުވަސް ކުރިން - 29 ޑިސެންބަރު 2025 08:28
ގަލްފް ކޯޕަރޭޝަން ކައުންސިލް ސަމިޓްގެ ތެރެއިން - ސޯމާލީލޭންޑަކީ ވަކި ގައުމެއްގެ ގޮތުގައި އިސްރާއީލުން ބަލައިގެންފައިވާ މައްސަލަ ހޫނުވެއްޖެ
ގަލްފް ކޯޕަރޭޝަން ކައުންސިލް ސަމިޓްގެ ތެރެއިން - ސޯމާލީލޭންޑަކީ ވަކި ގައުމެއްގެ ގޮތުގައި އިސްރާއީލުން ބަލައިގެންފައިވާ މައްސަލަ ހޫނުވެއްޖެ
ޚުލާސާ

21 ގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ އިސްރާއީލުން ސޯމާލީލޭންޑަކީ ވަކި ގައުމެއްގެ ގޮތަށް ބަލައިގަތުމަކީ ރަތްކަނޑުގެ ސަލާމަތަށް ވެސް ހުރި ނުރައްކަލެއް ކަމަށް

ސޯމާލިއާގެ ވަކިވެފައިވާ ސަރަހައްދު ކަމަށްވާ ސޯމާލީލޭންޑަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިސްރާއީލުން ނިންމުމާއި ގުޅިގެން، އަރަބި އިސްލާމީ އަދި އެފްރިކާގެ 21 ގައުމަކުން އެކަން ކުށްވެރިކޮށްފިއެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން އާންމުކުރި ގުޅިފައިވާ ބަޔާނުގައި ވަނީ އިސްރާއީލުގެ މި ނިންމުމަކީ "ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތަށް" ނުރައްކާވާ ކަމެއް ކަމަށާއި، ބައިނަލްއަގްވާމީ ގާނޫނާއި އދ.ގެ ޗާޓަރުގެ އުސޫލުތަކާއި ވެސް ހިލާފު ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެފްރިކާ އަދި ރަތް ކަނޑުގެ ސުލްހައާއި ސަލާމަތަށް ވެސް ސީރިއަސް އަސަރުތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ އިންޒާރު ދީފައި ވެއެވެ.

އަދި ސޯމާލިއާގެ އެއްބައިވަންތަކަމާއި، ސަރަޙައްދީ އެއްބައިވަންތަކަމަށް ނުވަތަ މުޅި ސަރަޙައްދުގެ އިސްތިޤްލާލަށް ބުރޫއަރާ އެއްވެސް ފިޔަވަޅަކަށް ޝައްކެއްވެސްނެތްގޮތުގައި ދެކޮޅު ހަދާ” ކަމަށް ވެސް އެގައުމުތަކުން ވަނީ ސޯމާލިއާގެ އިސްތިގުލާލަށް ފުރިހަމަ ތާއީދުކުރާކަން އަލުން ކަށަވަރުކޮށްދީފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%