Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލެ 3ވަނަ ފިޔަވަހި: 74.6 ޕަސެންޓް މަަސައްކަތް ނިމިއްޖެ

ހުޅުމާލެ 3ވަނަ ފިޔަވަހި: 74.6 ޕަސެންޓް މަަސައްކަތް ނިމިއްޖެ

މުހައްމަދު ޖަމްޝަތު
251 ދުވަސް ކުރިން - 27 ޑިސެންބަރު 2025 22:02
ހުޅުމާލެ 3ވަނަ ފިޔަވަހިން ހިއްކާފައިވާ ސަރަހައްދު---ފޮޓޯ: އެމްއޭސީއެލް
ހުޅުމާލެ 3ވަނަ ފިޔަވަހިން ހިއްކާފައިވާ ސަރަހައްދު---ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މި މަޝްރޫއުގެ ދަށުން ހިއްކަން 47 ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާއިރު ޖުމްލަ ހިއްކަން ހަމަޖެހިފައިވަނީ 63 ހެކްޓަރުގެ ބިން

ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްއިން ހާމަކޮށްފިއެވެ. 

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެކި ފަހަރު މަތިން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެމްއޭސީއެލް އާ ހަވާލުކޮށްގެން އެ މަސައްކަތް ވަނީ އަލުން ބާރުސްޕީޑުގައި ފަށާފައެވެ.

މި މަސައްކަތް އަވަސްކުރުމަށްޓަކައި ސަރުކާރުން ވަނީ 22,000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ބޮޑު ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ.

Advertisement

Advertisement 1

މަޝްރޫއުގެ އަދާހަމަ މައުލޫމާތު ހާމަކޮށް އެމްއޭސީއެލް ބުނީ، މިހާތަނަށް 47 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާ ނިންމާލާފައިވާ ކަމަށެވެ. މިއީ ހިއްކުމަށް ކަނޑައަޅާފައިވާ ބިމުގެ 74.6 އިންސައްތައެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސްތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް އެމްއޭސިއެލުން މައުލޫމާތުދެއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން މުޅި ޖުމްލަ ހިއްކަން ހަމަޖެހިފައި ވަނީ 63 ހެކްޓަރުގެ ބިމެވެ. އަލަށް ގެނެވުނު ޑްރެޖަރުތަކާއެކު މި މަހުގެ ނިޔަލަށް ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެެވެ.

ސަރުކާރުން މިހާރުވެސް ދަނީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ރަސްމާލެ ހިއްކުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މީގެ އިތުރުން ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅު ހިއްކުމުގެ މަސްއްކަތްވެސް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ހުޅުމާލެ ފޭސް-3އެމްއޭސީއެލްބިން ހިއްކުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2.54 ބިލިޔަން ރުފިޔާއަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

2 ދުވަސް ކުރިން - 13:57

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

5 ދުވަސް ކުރިން - 19:52

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

11 ދުވަސް ކުރިން - 20:25

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

14 ދުވަސް ކުރިން - 21:15

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

15 ދުވަސް ކުރިން - 08:26

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

17 ދުވަސް ކުރިން - 10:06