Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓްރަމްޕް، ހައިޕަސޮނިކް މިސައިލް ހިމެނޭ މަނަވަރު ފުލީޓެއްގެ އިންތިޒާރުގައި

ޓްރަމްޕް، ހައިޕަސޮނިކް މިސައިލް ހިމެނޭ މަނަވަރު ފުލީޓެއްގެ އިންތިޒާރުގައި

ޢަބްދުﷲ ޖުނައިދު
260 ދުވަސް ކުރިން - 23 ޑިސެންބަރު 2025 06:13
“ޓްރަމްޕް ކްލާސް”މަނަވަރުތަކުގެ އާ ފްލީޓަކީ “ގޯލްޑަން ފްލީޓްގެ ބައެއް: ޓްރަމްޕް
“ޓްރަމްޕް ކްލާސް”މަނަވަރުތަކުގެ އާ ފްލީޓަކީ “ގޯލްޑަން ފްލީޓްގެ ބައެއް: ޓްރަމްޕް
ޚުލާސާ

ދުނިޔޭގެ ކަނޑުގެ އަސްކަރީ މަނަވަރުތަކުގެ ތެރެއިން މިވަގުތު ހައިޕަރސޮނިކް ކްރޫޒް މިސައިލް ޤަވާޢިދުން އޮޕަރޭޓް ކުރަނީ ރަޝިއާ އިން އެކަނި

“ޓްރަމްޕް ކްލާސް” ގެ ނަމުން ނަންދީގެން އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާ އަށް ހަނގުރާމަ މަތީގައި ބޭނުންކުރާ މަނަވަރުތަކުގެ އާ ފުލީޓެއް ނެރުމަށް ރާވާފައިވާކަން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ އަރިސް ބޭފުޅުންނާއި މަޝްވަރާ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ މި ކަނޑުގެ އަސްކަރީ މަނަވަރު ތަކަކީ “ގޯލްޑަން ފްލީޓް”ގެ ބައެއް ކަމަށެވެ.

އެމެރިކާގެ ނޭވީގައި މިހާރު ހިމެނޭ “ބާރކް ކްލާސް ޑިސްޓްރޯޔަރސް” އަކީ ގާތްގަނޑަކަށް ދިހަވަރަކަށްހާސް ޓަނެވެ. އެންމެ ފަހުން މި އަހަރު ބަނދެ ނިންމި މަނަވަރަކީ ވެސް ގާތްގަނޑަކަށް 3000 ޓަނެވެ.

އެމެރިކާގެ އަސްކަރިއްޔާ އާއި ގުޅުން ހުރި ރިޕޯޓްތަކަށް ބަލާއިރު، ޓްރަމްޕް ކްލާސް އުޅަނދުތައް ގާތްގަނޑަކަށް 30,000–40,000 ޓަނަށް އަރާނެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން ޓްރަމްޕް ކުލާސް މަނަވަރު ޑިޒައިން ކުރާނީ ހައިޕަރސޮނިކް މިސައިލާއި، ލޭޒާ ހަތިޔާރާއި ޑްރޯން އާއި ނިއުކްލިއާ ހަތިޔާރު އެކުލެވޭ ކަނޑުން ފޮނުވާލާ ކްރޫޒް މިސައިލް ފަދަ އެންމެ ޒަމާނީ ހަތިޔާރު ސިސްޓަމްތައް ގެންގުޅެވޭނެ ގޮތަށެވެ.

ދުނިޔޭގެ ކަނޑުގެ އަސްކަރީ މަނަވަރުތަކުގެ ތެރެއިން މިވަގުތު ހައިޕަރސޮނިކް ކްރޫޒް މިސައިލް ޤަވާޢިދުން އޮޕަރޭޓް ކުރަނީ ރަޝިއާ އިން އެކަންޏެވެ. ޗައިނާ އިން ވެސް ކޮންމެވެސް ވަރަކަށް ގެންގުޅޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަ،ަވެސް ކަށަވަރު ނުވާއިރު، އެމެރިކާ އަދިވެސް އޮތީ މި ފަދަ މިސައިލްތައް ޓެސްޓު ކުރުމުގެ މަރުޙަލާގައެވެ. އިންޑިއާ، ފްރާންސް، އަދި އިނގިރޭސިވިލާތުން ދަނީ ހައިޕަރސޮނިކް ޓެކްނޮލޮޖީތައް ދިރާސާ ކުރަމުންނެވެ.

އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގައި މިހާރު އޮތީ 11 މަތިންދާބޯޓު އުފުލާ ބޯޓެވެ. ޓްރަމްޕް ކުލާސް ބޯޓުތައް ޑިޒައިން ކުރާއިރު މަތިންދާބޯޓު އުފުލުމަށް ޚާއްޞަ ޒޯނެއް ހިމަނާނެ ކަމެއް އަދި ޔަޤީން ނުވާއިރު، ކޮންގްރެސްގެ ރުހުން ލިބި މިކަން އެންމެ އަވަހަށް ވެސް ފެށޭނީ 2028-2030 ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާޑޮނަލްޑް ޓްރަމްޕު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

10 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

3 ދުވަސް ކުރިން - 20:35

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

6 ދުވަސް ކުރިން - 12:47

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

11 ދުވަސް ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57