މަސް މާރުކޭޓަށް ދެން ވަދެވޭނީ ހަވީރީ ހިނގުމާއި ވީފަރާތުން: ސިޓީ ކައުންސިލް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 33 ދުވަސް ކުރިން - 22 ޑިސެންބަރު 2025 19:54
މާލޭ މަސް މާރުކޭޓު--- ފޮޓޯ: ޚުލާސާ
މާލޭ މަސް މާރުކޭޓު--- ފޮޓޯ: ޚުލާސާ
ޚުލާސާ

މިއީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިމެންދެން ގެނެވުނު ބަދަލެއް ކަމަށް ސިޓީ ކައުންސިލުން ބުނޭ

މިއަދުން ފެށިގެން މަސް މާރުކޭޓަށް ދެން ވަދެވޭނީ ހަވީރީ ހިނގުމާއި ވީފަރާތުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިމެންދެން، މަސް މާރުކޭޓަށް ވަދެ ނިކުމެ ހެދޭނީ ހަވީރީ ހިނގުމާއި ވީ ފަރާތުން ކަމަށް އާންމުންގެ ސަމާލުކަމަށްޓަކައި އަންގާ ކަމަށެވެ. ލަފާކުރެވޭ ގޮތުގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ރޯދަމަހުގެ ކުރިންނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، މި ބަދަލަކީ މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެއްކޮށް ނިމެންދެން ގެނެވުނު ބަދަލެއް ކަމަށެވެ.

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމަށް މުހައްމަދު އިސްމާއިލް ދީދީ ގޯޅިން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް މިހާރު ވަނީ އާންމު ޓްރެފިކަށް ބަންދުކޮށްފަ އެވެ. މީގެ އިތުރުން ބޮޑުތަކުރުފާނު މަގު ތަރައްގީކުރާއިރު ޝީޓް ޕައިލް ކުރުމަށް ހަމަޖެހިފައިވާތީ، މަހަށް ފުރާ ދޯނިތައް އެޅުމަށްޓަކައި އެމްއެމްއޭ ކުރިމަތިން ވަކި ސަރަހައްދެއް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދާތީ އެ ސަރަހައްދު ޓްރެފިކަށް ބަންދުކޮށް ޓްރެފިކް ފްލޯއަށް ވެސް މިހާރު ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%