ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓުގެ އަށް ވަނަ ޓަވަރުގައި މީހަކަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި ހިނގި މި ހާދިސާ ހިނގާފައިވަނީ އެ ޓަވަރުގެ 19 ވަނަ ފަންގިފިލާގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާއަށް ހަމަލާދިނީ އޭނާގެ ބޭބެއަށެވެ. އަދި އެއީ މަސްތުވާތަކެތި ރެކޯޑު އޮންނަ ދެ މީހުން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އަނިޔާ ލިބުނު މީހާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ފަރާތުން މިހާތަނަށް ބަހެއް ލިބިފައިނުވާއިރު އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ހަމަލާ ދިން މީހާ ހައްޔަރުކޮށްފައިވާ ކަމެއް އަދި ސާފެއް ނޫނެވެ.






