ހުޅުމާލެ ފޭސް 3 ގެ ބޮޑުބައެއް ހިއްކައި ފަރުކޮޅުފުއްޓާ ގުޅުވާލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 24 ދުވަސް ކުރިން - 21 ޑިސެންބަރު 2025 16:49
ހުޅުމާލެ ފޭސް 3. މި މަޝްރޫއުގެ 63 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ--- ފޮޓޯ: އެމްއޭސީއެލް
ހުޅުމާލެ ފޭސް 3. މި މަޝްރޫއުގެ 63 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ--- ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

އިއްޔެ ހެނދުނު ކަލާފާނު ސްކޫލުގައި ގޯތީގެ ގުރުނެގުން ކުރިއަށް ގެންގޮސްފައިވާއިރު ބިންވެރިޔާ ސްކީމުގެ ދަށުން ފޭސް ތިނަކުން 1،351 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ބޮޑުބައެއް ހިއްކައި ފަރުކޮޅުފުއްޓާ ގުޅުވާލައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފޮޓޯތަކަކާއެކު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 40 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކައި ނިމިފައިވާ ކަމަށެވެ. މިއީ މި މަޝްރޫއުގެ 63 އިންސައްތަ މަސައްކަތެވެ.

އެމްއޭސީއެލް ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އަށް ނިމިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ދެ ޑްރެޖަރު ވަނީ ގެނެސް ބޭނުން ކުރަން ފަށައިފަ އެވެ. އެއީ 22,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ "ޕްރިންސް ޑާ ނެދަލޭންޑެން" އާއި، ހަމަ އެ ކެޕޭސިޓީގެ "އޮރަންޖް" އެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން އިއްޔެ ހެނދުނު ކަލާފާނު ސްކޫލުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން އެ ސަރަހައްދުން ދޫކުރާ 698 ގޯތީގެ ޕްލޮޓް ވަނީ ކަނޑައަޅައިފައެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ އިތުރުން ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ވެސް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިކަމާ ގުޅިގެން ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވީ އަލަށް ގެނެވުނު ޑްރެޖަރުތަކާއެކު މި މަހުގެ ނިޔަލަށް ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%