ސީރިއާގައި ދިރިއުޅޭ އައިއެސްއައިއެސްގެ ތަންތަނަށް އެމެރިކާއިން ވަރުގަދަ ޙަމަލާ ތަކެއް ދީފި

ޢަބްދުﷲ ޖުނައިދު | 36 ދުވަސް ކުރިން - 20 ޑިސެންބަރު 2025 09:16
ސީރިއާގައިވާ އައިއެސްގެ އަމާޒުތަކަށް އެމެރިކާއިން ޙަމަލާ ދެނީ
ސީރިއާގައިވާ އައިއެސްގެ އަމާޒުތަކަށް އެމެރިކާއިން ޙަމަލާ ދެނީ
ޚުލާސާ

ސީރިއާގައި ދިރިއުޅޭ އައިއެސް ޖަމާޢަތާއި ގުޅުންހުރި ތަންތަނަށް ޖެޓާއި ޑްރޯން ބޭނުން ކޮށްގެން އެމެރިކާއިން އިއްޔެ ވަރުގަދަ ޙަމަލާތަކެއް ދީފި

ސީރިއާގެ އެތެރޭގައި ޙަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްސް އޮފް ޣިރާޤް އެންޑް ސީރިއާ (އައިއެސްއައިއެސް) ގެ އަމާޒުތަކަށް އެމެރިކާ އިން ވަރަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް އިއްޔެ ދީފިއެވެ. އެމެރިކާ އިން ބުނީ އިއްޔެގެ ޙަމަލާ ތަކަކީ މިދިޔަ ހަފްތާގައި އެމެރިކާ ސިފައިންގެ ބަޔަކު މަރާލާފައި ވާތީވެ ބަދަލު ހިފުމުގެ ގޮތުން ދިން ޙަމަލާތަކެއް ކަމަށެވެ.

މިދިޔަ ހަފްތާގައި ސީރިއާގެ ޚަމްސުގައި އެމެރިކާ ސިފައިންގެ ދެމީހަކާއި ތަރުޖަމާނަކު މަރައިލިއެވެ. އެއީ ވެރިރަށް ދިމިޝްޤުގެ އިރުއުތުރުން 130 މޭލު ދުރުގައި އޮންނަ ޕަލްމީރާގައެވެ.

"އޮޕަރޭޝަން ހޯކްއައި"ގެ ނަމުގައި އެމެރިކާއިން ކުރިޔަށް ގެންދިޔަ މި އޮޕަރޭޝަނުގައި ފައިޓާ ޖެޓާއި ޑްރޯންތައް ބޭނުން ކޮށްގެން އައިއެސްއައިއެސްގެ ހަތިޔާރު ރައްކާކުރާ ގުދަންތަކަށާއި އިތުރު ގަންތަނަށް ވަނީ ޙަމަލާ ދީފައިއެވެ.

އައިއެސްއައިއެސް އާއި ދެކޮޅަށް އެމެރިކާއިން އިއްޔެ ބޮމާއި މިސައިލް ޙަމަލާތައް ދިން އިތުރު ތަންތަނުގެ ތެރޭގައި ލޮޖިސްޓިކްސް ހަބްތަކާއި، ކޮމާންޑް ފެސިލިޓީތަކާއި، ތަމްރީނުދޭ ސަރަޙައްދުތަކާއި، ހަނގުރާމަވެރިން ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ މަގުތައް ވެސް ހިމެނެއެވެ.

ޕެންޓަގަން އިން ބުނީ މި ޙަމަލާތަކުގައި އައިއެސްގެ “ގިނަ” ހަނގުރާމަވެރިން މަރުވި ކަމަށެވެ. ނަމަވެސް، މަރުވި މީހުންގެ ސީދާ ޢަދަދެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%