މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10 ޕަސެންޓް އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2،106،122 ފަތުރުވެރިން ވަނީ، ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ، 1،912،304 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ގައުމު:
- ޗައިނާ: 320،721 ފަތުރުވެރިން
- ރަޝިއާ: 263،172 ފަތުރުވެރިން
- އިނގިރޭސިވިލާތް: 189،513 ފަތުރުވެރިން
- ޖަރުމަނުވިލާތް: 158،585 ފަތުރުވެރިން
- އިޓަލީވިލާތް: 137،188 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،466 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިއަން ފަތުރުވެރިންނަށްވެރެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާއިރު، ސަރުކާރުން އަމާޒު ހިފާފައިވަނީ އަހަރުގެ ނިޔަލަށް 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.






