Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޕްރެޝަރުތަކާއި ގުޅިގެން މުދާ ފްރީޒްކުރާ ލިސްޓުން ޙިޒްބުالله އާއި ހޫޘީން ޣިރާޤުން އުނިކޮށްލައިފި

ޕްރެޝަރުތަކާއި ގުޅިގެން މުދާ ފްރީޒްކުރާ ލިސްޓުން ޙިޒްބުالله އާއި ހޫޘީން ޣިރާޤުން އުނިކޮށްލައިފި

ޢަބްދުﷲ ޖުނައިދު
215 ދުވަސް ކުރިން - 10 ޑިސެންބަރު 2025 15:06
ޣިރާޤުގައި ޙަރަކާތްތެރިވާ ޙިޒްބުاللهގެ ކަތައިބް ގޮފީގެ ބަޔަކު / ފޮޓޯ: އޭއެފްޕީ
ޣިރާޤުގައި ޙަރަކާތްތެރިވާ ޙިޒްބުاللهގެ ކަތައިބް ގޮފީގެ ބަޔަކު / ފޮޓޯ: އޭއެފްޕީ
ޚުލާސާ

ޣިރާޤުގައި ހުރި އަލްޤައިދާ އާއި ގުޅުން ހުރި ޖަމާޢަތްތަކުގެ ފައިސާ އާއި މުދާތައް ފްރީޒް ކުރުމުގެ ތެރޭގައި ޙިޒްބުالله އާއި ހޫޘީންގެ މުދާތައް ފްރީޒް ކުރި.

އެމެރިކާ އާއި ބުޅަނގުގެ އެދުމަށް، ޓެރަރިސްޓުންގެ މުދަލާއި ފައިސާތައް ހިފެހެއްޓުމަށްޓަކައި ޣިރާޤު ސަރުކާރުން ކުރި މަސައްކަތުގެ ތެރޭގައި، އެ ޤައުމުގައި ހުރި ލުބުނާނުގެ ޙިޒްބުالله އާއި ޔަމަނުގެ އަންޞާރުالله (ހޫޘީ) ޖަމާޢަތުގެ ފައިސާ އާއި މުދާތައް ފްރީޒް ކުރުމަށްޓަކައި ލިސްޓު ކޮށްފިއެވެ.

2024 ވަނަ އަހަރުން ފެށިގެން އެމެރިކާ އާއި ހުޅަނގުން ގެންދަނީ މި ދެޖަމާޢަތަށް ދަތިކުރުމަށް މަސައްކަތް ކުރަމުންނެވެ. ޞައްދާމް ޙުސައިން ދަންޖައްސައި އަވަހާރަ ކޮށްލުމަށް ފަހު ޣިރާޤުގެ ސަރުކާރު ހިންގަނީ އެމެރިކާ އާއި ހުޅަނގުގެ ވަރަށް ބޮޑު ރުހުމަކާއި އެކުގައެވެ.

ހޫޘީންނާއި ޙިޒްބުاللهގެ މުދަލާއި ފައިސާތައް ފްރީޒް ކުރުމަށްޓަކައި ޣިރާޤުގެ ކޮމިޓީ ފޯ ފްރީޒިން ޓެރަރިސްޓް ފަންޑްސް އިން ވަނީ އެ މީހުން އެކުލަވައިލި ލިސްޓަކަށް މި ދެޖަމާއަތުގެ ނަން ހިމަނާފައެވެ. އަދި އެއީ އަލްޤައިދާ އާއި ގުޅުން ހުރި ޖަމާޢަތްތައް ކަމަށް ބުނެ ގެޒެޓް ވެސް ކުރިއެވެ.

Advertisement

Advertisement 1

މިއާއި އެކު ޣިރާޤުގެ އެތެރޭގައި މަސްލަހަތު ގޯސްވެ، ލުބުނާނާއި ޔަމަނާއި އީރާނަސް ވަފާތެރި ޖަމާޢަތްތަކުން ޣިރާޤު ސަރުކާރަށް ޕްރެޝަރު ކުރުމުން ހުކުރު ދުވަހު ޣިރާޤުގެ ކެބިނެޓާއި މަރުކަޒީ ބޭންކުން ބުނީ ލިސްޓަށް ޙިޒްބުالله އާއި ހޫޘީން ލެވުނީ އޮޅުމަކުން ކަމަށެވެ.

ގެޒެޓް ކޮށްފައިވާ 24 ޖަމާޢަތުގެ ލިސްޓުން މިހާރު ވަނީ ޙިޒްބުالله އާއި ހޫޘީން އުނި ކޮށްފައެވެ.

ޣިރާޤުގައި ހޫޘީންނާއި ޙިޒްބުالله އާއި ގުޅުން ހުރި މިލިޝިއާތައް ޙަރަކާތްތެރިވާއިރު، ސައްދާމަށް ފަހު ޣިރާޤުގެ އެތެރޭގެ ކަންކަން ބެލެހެއްޓުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ އެމެރިކާ އިންނެވެ. އައިއެސް އާއި ދެކޮޅަށް ޙަމަލާ ދީ ޖާސޫސީ މަޢުލޫމާތު ޣިރާޤަށް ފޯރުކޮށްދިނުމަށް ވެސް އެންމެ ބޮޑު ރޯލެއް އަދާ ކުރަނީ އެމެރިކާއިންނެވެ.

ޢިރާޤްހިޒްބުاللهޔަމަންލުބްނާންހޫޘީ ޖަމާޢަތް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަމަނުގެ ސަރުކާރުން ސަންޢާ އެއާޕޯޓަށް ހަމަލާދީފި، ހޫޘީން ބެލިސްޓިކް މިސައިލް ފޮނުވާލުމާއެކު މަޝްރަހު ގޯސްވެއްޖެ

ޔަމަނުގެ ސަރުކާރުން ސަންޢާ އެއާޕޯޓަށް ހަމަލާދީފި

6 ގަޑިއިރު ކުރިން - 00:36

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް އަރައިފި

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް

9 ދުވަސް ކުރިން - 21:30

ތިންފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް އަމަލު ނުކުރާނަން: ‎ހިޒްބުالله

އެއްބަސްވުމަށް އަމަލު ނުކުރާނަން: ‎ހިޒްބުالله

14 ދުވަސް ކުރިން - 07:05

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

19 ދުވަސް ކުރިން - 22:23

ހިޒްބުﷲ އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސޫރިޔާ ސިފައިން ލުބްނާނަށް ނުވަންނާނެ: ރައީސް އަލްޝަރާ

ހިޒްބުﷲ އާ ދެކޮޅަށް ސޫރިޔާ ސިފައިން ލުބްނާނަށް ނުވަންނާނެ: އަލްޝަރާ

21 ދުވަސް ކުރިން - 10:13

އިސްރާއީލާއި އެމެރިކާއިން އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށް ބުނެ، ހޯރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށް ބުނެ، ހޯރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރުދީފި

23 ދުވަސް ކުރިން - 21:28