15 ބިލިއަން ޑޮލަރު ހޯދުމަށް އިނގިރޭސީވިލާތަށް ގޮސް ޒެލެންސްކީ އާދޭސް ކުރަނީ

ޢަބްދުﷲ ޖުނައިދު | 47 ދުވަސް ކުރިން - 8 ޑިސެންބަރު 2025 01:37
ޖަރުމަނުގެ ޗާންސެލަރު ފްރިޑްރިކް މެރޒް އާއި އިނގިރޭސި ބޮޑުވަޒީރު ސްޓާމަރ އާއި ޔޫކްރޭންގެ ރައީސް ޒެލެންސްކީ އަދި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން / ފޮޓޯ: އޭޕީ
ޖަރުމަނުގެ ޗާންސެލަރު ފްރިޑްރިކް މެރޒް އާއި އިނގިރޭސި ބޮޑުވަޒީރު ސްޓާމަރ އާއި ޔޫކްރޭންގެ ރައީސް ޒެލެންސްކީ އަދި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން / ފޮޓޯ: އޭޕީ
ޚުލާސާ

ޔުކްރޭނު ލައްވައި ރަޝިއާ އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އަދިވެސް ބޭނުން ނަމަ 15 ބިލިއަން ޑޮލަރު ދިނުމަށް ޔޫރަޕުގައި ޒެލެންސްކީ އެދިއްޖެ

އެމެރިކާގެ ހަތިޔާރު ގަތުމަށް މި އަހަރު ޔުކްރޭނުން ނިންމާފައިވާ 800 މިލިއަން ޑޮލަރު މިހާރު ނެތް ކަމަށާއި، ފައިސާގެ ތާށިކަމުގެ ސަބަބުން ކޮންމެހެން ވެސް ޔުކްރޭނަށް މަޖުބޫރު ވެފައިވާ އެމެރިކާގެ ހަތިޔާރު އޯޑަރު ކުރުން ކުރިއަށް ގެންދިއުމަށް އަންނަ އަހަރު އިތުރު 15 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ޔުކްރޭނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ ވިދާޅުވީ ޔޫކްރޭންގެ ޑިފެންސް ޕްލޭން ބަރޯސާވެފައި ވަނީ ޔޫރަޕަށެވެ. ޔުކްރޭނަށް ބޭނުންވާ އެމެރިކާގެ ހަތިޔާރު ގަތުމަށް ބޭނުންކުރަނީ ވެސް ޔޫރަޕްގެ ފައިސާއެވެ. ނަމަވެސް ފައިސާތައް މިހާރު ހުސްވެފައިވާ ކަމަށާއި، އަންނަ އަހަރު ހަތިޔާރު ގަތުމަށް ކުރަން ޖެހޭ ޚަރަދުތައް ވެސް ބޮޑު ވާނެ ކަމަށާއި ސަބަބަކީ މިސައިލާއި، އެއާ ޑިފެންސް ސިސްޓަމް، ޑްރޯން، ވަޒަން ފަދަ ތަކެއްޗަށް 15 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ބެލެވޭތީއެވެ.

ޒެލެންސްކީގެ މަޤްޞަދަކީ ޔޫރަޕްގެ ސަރުކާރުތަކުން އޭނާ އަށް ވީހާ ވެސް އަވަހަށް ފައިސާ ލިބޭނެ ގޮތެއް ހޯދުމަށް ޕްރެޝަރު ކުރުމެވެ.

މި 15 ބިލިއަން ޑޮލަރާއި ނުލައި ކުރިއަށް އޮތް އަހަރަށް ޔޫކްރޭނަށް ބޭނުންވާ ހަތިޔާރު ނުގަނެވޭނެ ކަމަށާއި، އެޤައުމުގެ އަސްކަރިއްޔާ ނުރައްކަލުގެ ތެރެއަށް ވެއްޓި ހަނގުރާމައިގެ މަސައްކަތް ބަލިކަށިވާނެ ކަމަށް ވެސް ޒެލެންސްކީ ފާހަގަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%