ބަރުދަން ލުއިކުރަން އެހީތެރިވެދޭ ބެރިއަޓްރިކް ސާޖަރީ އައިޖީއެމްއެޗްގައި ހަދަން ފަށައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 53 ދުވަސް ކުރިން - 2 ޑިސެންބަރު 2025 15:47
ބެރިއަޓްރިކް ސާޖަރީގެ ހިދުމަތް އައިޖީއެމްއެޗްގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. މި ހިދުމަތް ފެށިގެން ދިއުމާއެކު އެތަކެއް ބަޔަކަށް އުންމީދީ ހައްލެއް ލިބިގެންދާނެކަމަށް އައިޖީއެމްއެޗްއިން ބުނޭ--- ފޮޓޯ: އައިޖީއެމްއެޗް
ބެރިއަޓްރިކް ސާޖަރީގެ ހިދުމަތް އައިޖީއެމްއެޗްގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. މި ހިދުމަތް ފެށިގެން ދިއުމާއެކު އެތަކެއް ބަޔަކަށް އުންމީދީ ހައްލެއް ލިބިގެންދާނެކަމަށް އައިޖީއެމްއެޗްއިން ބުނޭ--- ފޮޓޯ: އައިޖީއެމްއެޗް
ޚުލާސާ

މި ސާޖަރީގެ ސަބަބުން ކުރިން ބޭސްކުރަމުން އައި ގައިން ގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ޖެހުމުގެ ފުރުސަތު ކުޑަވެގެންދޭ

ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވާ ސާޖަރީއެއް ކަމަށްވާ ބެރިއަޓްރިކް ސާޖަރީގެ ހިދުމަތް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، ދަރުމަވަންތަ ހޮސްޕިޓަލުގައި އިއްޔެ ފަށައިފި އެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗް އިން ބުނެފައިވާ ގޮތުގައި، ބެރިއަޓްރިކް ސާޖަރީއަކީ ހަޖަމުކުރާ ނިޒާމުގެ ސައިޒާއި އަދި މަސައްކަތް ކުރާގޮތަށް ބަދަލުގެނެސް މިނަށްވުރެ ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް ކުރާ ވަރަށް ކާމިޔާބު ސާޖަރީތަކެކެވެ. މި ސާޖަރީތަކުން ލިބޭ ފައިދާތަކުގެ ތެރޭގައި ބަލިމީހާއަށް ރަނގަޅު ސިއްޙަތެއް ލިބިދިނުމާއެކު ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ، އަލުން ބަލިމީހާގެ ހަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދިނުން ހިމެނޭ ކަމަށް އައިޖީއެމްއެޗްއިން ވަަނީ ބުނެފަ އެވެ.

އައިޖީއެމްއެޗްއިން ބުނެފައިވާ ގޮތުގައި، މި ސާޖަރީގެ ސަބަބުން ކުރިން ބޭސްކުރަމުން އައި ގައިން ގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނުޖެހުން ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ޓައިޕް ދޭއް ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރު ހިމެނޭ ކަމަށް އައިޖީއެމްއެޗްއިން ވަނީ ބުނެފަ އެވެ.

މި ދެ ހޮސްޕިޓަލުގައި މި ހިދުމަތް ފެށިގެން ދިއުމާއެކު މިފަދަ ބަލިތަކަށް ޒަމާންތަކެއްވަންދެން ބޭސްކަމުން އަންނަ، މިނަށްވުރެ ހަށިގަނޑުގެ ބަރުދަން މަތިވެފައި އުއްމީދެއް ނެތިފައިވާ އެތަކެއް ފަރާތްތަކަކަށް މިކަމުގެ ސަބަބުން އުއްމީދީ ހައްލެއް ލިބިގެންދާނެ ކަމަށް އައިޖީއެމްއެޗްއިން ވަނީ އިތުރަށް ބުނެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%