Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެއްފަހަރާ ދެ ޑްރެޖަރު ޖައްސައި ފޭސް-3 ހިއްކުން ބާރު ދުވެލީގައި

އެއްފަހަރާ ދެ ޑްރެޖަރު ޖައްސައި ފޭސް-3 ހިއްކުން ބާރު ދުވެލީގައި

އައިޝަތު ރުވާ ރިފްޢަތު
280 ދުވަސް ކުރިން - 29 ނޮވެންބަރު 2025 08:56
ފޭސް-3 ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދަނީ--- ފޮޓޯ: އެޗްޑީސީ
ފޭސް-3 ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދަނީ--- ފޮޓޯ: އެޗްޑީސީ
ޚުލާސާ

ދެވަނަ ޑްރެޖަރު ގެނެސްފައިވަނީ ނިމިދިޔަ ހަފްތާ ތެރޭގައި. މިއަހަރު ނިމުމުގެ ކުރިން ފޭސް-3 ހިއްކައި ނިމޭނެ.

ރާއްޖޭގެ ބޮޑެތި ބިން ހިއްކުން އަވަސްކުރުމުގެ ގޮތުން ނިމިދިޔަ ހަފްތާގައި ރާއްޖެ ބަނދަރުކުރި ޑްރެޖަރާއެކު ހުޅުމާލޭގެ ފޭސް-3 ހިއްކުމުގެ މަޝްރޫއުގެ ދުވެލި ހަލުވި ކޮށްފި އެވެ.

ޑްރެޖަރު "ޕްރިންސް ދަ ނެދަލެންޑު" ރާއްޖެ އައިސްފައިވަނީ ނިމިދިޔަ ހަފްތާ އަންގާރަ ދުވަހުގަ އެވެ. ޑްރެޖަރު އައުމާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެ ޑްރެޖަރު އައުމުގެ ކުރިން ބިން ހިއްކަން ފަށާފައިވާ ޑްރެޖަރާއި މިހާރު މި ގެނެވުނު ޑްރެޖަރާއެކު ބިން ހިއްކައި ޑިސެމްބަރު މަހު އެ މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

Advertisement

Advertisement 1

ފޭސް-3 މިހާތަނަށް ހިއްކިފައިވާ ސަރަހައްދު---ފޮޓޯ: އެޗްޑީސީ

ރައީސް ވަނީ ފޭސް-3 ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު އެތަނުގެ ފޮޓޯ އެކްސްގައި ޕޯސްކޮށްފަ އެވެ.

ފޭސް-3 ހިއްކުމުގެ މަޝްރޫއު ކުރިއަށްދާއިރު ގިރާވަރު ފަޅުގެ އީއައިއޭ އާއި ފުރިހަމަ ކުރަންޖެހޭ އެހެން ކަންތައްތައް ފުރިހަމަވުމުން ބަންޑު ވޯލއ ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ފޭސް-3 ހިއްކައި ނިމުމުން އެ ދެ ޑްރެޖަރު ގިރާވަރުފަޅު ހިއްކަން ފަށައި އަންނަ އަހަރު މާޗު މަސްތެރޭ އެއްކޮށް ނިންމާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރަސްމާލެ ހިއްކުމުގެ ދުވެލި ވެސް އަވަސްކޮށްފައިވާއިރު އެ ފަޅު ހިއްކުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނެސް ހިއްކުމުގެ ދުވެލި ތިން ގުނަ އަވަސްކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މި ފެށޭ މަހުގެ ކުރީކޮޅު ބޮޑު ޑްރެޖަރެއް ގެނެސް އަންނަ އަހަރު އޭޕްރީލް މަހު ރަސްމާލެ އެއްކޮށް ހިއްކައި ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި މީގެ އިތުރުން އުތުރުތިލަފަން 150 ހެކްޓަރުގެ ބިން ހިއްކައި ގޯއްޗާއި ފުލެޓް ދޭން ވެސް ރައީސް ވަނީ ނިންމަވާފަ އެވެ.

މި ހަތަރު ތަން ވެސް ހިއްކުމުގެ ބޭނުމަކީ ނިމިދިޔަ ސަރުކާރުން ބިން ނުހިއްކައި ދީފައި ތިބި ގޯތި ދިނުމަށާއި މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގެ ބޭނުމުގައި މާލެ ސަރަހައްދުގައި ހިއްކާ ބިންތަކެކެވެ. އެގޮތުން އަންނަ އޭޕްރީލް މަހުގައި ރަސްމާލެ އިން 15،000 ގޯތި ދިނުމަށް ނިންމާފައިވާއިރު 3،000 ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ ބިން ވަނީ ބީއެމްއެލްއާ ހަވާލުކޮށްފަ އެވެ. މުޅި ޖުމްލަ 7،500 ހައުސިން ޔުނިޓް މާލެ ސިޓީގައި އެޅުމަކީ ރައީސްގެ ވައުދެކެވެ.

ހުޅުމާލެހުޅުމާލެ ފޭސް-3ބިން ހިއްކުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

2 ދުވަސް ކުރިން - 10:44

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

3 ދުވަސް ކުރިން - 10:57

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

13 ދުވަސް ކުރިން - 12:06

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެ މަޝްރޫޢެއް ފަށަނީ

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެމަޝްރޫޢެއް ފަށަނީ

31 ދުވަސް ކުރިން - 11:49

މޫސުން ގޯސްވުމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516 އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

މޫސުން ގޯސްވެެ އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

36 ދުވަސް ކުރިން - 14:51

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

44 ދުވަސް ކުރިން - 14:28