އެޓްލާންޓިކް ކަނޑުގެ އައްސޭރީގައި އޮންނަ ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ ގިނީ-ބިސާވްގެ ވެރިކަން ވައްޓާލައި އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ރައީސް އުމަރޯ ސިސޯކޯ އެމްބާލޯ ގެންގޮސް ހައްޔަރުކޮށް، ވެރިކަމާއި އަސްކަރިއްޔާ އިން ޙަވާލު ވެއްޖެއެވެ.
އަސްކަރިއްޔާގެ ބަޔަކު ނުކުމެ ވެރިކަމާއި ޙަވާލުވީ ރިޔާސީ އިންތިޚާބު ކުރިޔަށް ދަނިކޮށް، އިންތިޚާބު ވެސް ސަސްޕެންޑް ކުރުމަށް ފަހުގައެވެ.
މި މަހުގެ 23 ވަނަ ދުވަހު ފެށި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ނުކުރަނީސް ރައީސް އުމަރޯ ސިކޯކޯ ވަނީ އޭނާ އިންތިޚާބުން މޮޅުވެފައިވާ ކަމަށް ވެސް އިޢުލާން ކުރައްވާފައެވެ. އެއާއި އެކު ޤައުމުގެ މަސްލަޙަތު ގޯސްވެ އިދިކޮޅުން މުޒާހަރާތައް ފެށުމާއި އެކު ސިފައިން ވަނީ އިލެކްޝަން ކޮމިޝަނާއި ރިޔާސީ ގަނޑުވަރު ފަދަ ސަރުކާރުގެ މުހިއްމު ހުރިހާ މުއައްސަސާތައް ވަށާލައި ވެރިކަން އަތުލައިގަނެ، ޤައުމުގެ ބޯޑަރުތައް ވެސް ބަންދު ކޮށްފައިވާކަން އިޢުލާން ކޮށްފައެވެ.
ރައީސް އެމާބަލޯ ވެރިކަމާއި ޙަވާލުވެވަޑައިގަތީ ފެބްރުއަރީ 2020 ގައެވެ.






