ސްޓެލްކޯގެ ކަރަންޓު ފޮއްޓެއްގައި މީދަލެއް ތާށިވެ ރޯވެއްޖެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ފޮއްޓަކީ ޖަނަވަރީ މަގުގައި ހުންނަ ވެސްޓޯ މޮބައިލްސް ކައިރީގައި ބަހައްޓާފައިވާ ފޮއްޓެކެވެ. އަދި ރޯވުމުގެ ސަބަބުން ވަރަށް ބޮޑަށް ދުން އަރާފައިވާ ކަމަށްވެ އެވެ.
މިކަމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުންވެފައެއް ނުވެ އެވެ. ދުން އަރާފައިވާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައިވަނީ އާންމުވެފައި ވާއިރު، ރޯވި އަލިފާން ސްޓެލްކޯގެ މުވައްޒަފުން ނިކުމެ ވަނީ ނިއްވާލާފަ އެވެ.






