ސައޫދީ އަރަބިއްޔާ އިން އިސްރާއީލާއި ޑިޕްލޮމެޓިކް ގުޅުން ބާއްވަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް، “ސައޫދީން އިސްރާއީލާއި ގުޅުނަސް އަދި ނުގުޅުނަސް، ފަލަސްޠީނުގައި ދައުލަތެއް ޤާއިމް ކުރުމަށް ކުރާ ކޮންމެ މަސައްކަތަކަށް ހުރަސް އަޅާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ނަތަންޔާހޫ މިހެން ބުނިއިރު، އިސްރާއީލާއި އެކު ރަސްމީ ކޮށް ޚާރިޖީ ގުޅުން ބޭއްވުމަށް ވަރަށް އަވަހަށް ސައޫދީން ސޮއި ކުރާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އެމެެިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވިދާޅުވެފައި ވެއެވެ.
އިސްރާއީލުގެ މަޝްހޫރު މީޑިއާ އަކަށް ދިން އިންޓަވިއު އެއްގައި ހައްދުފަހަނަ އެޅި ބޮށުވަޒީރު ނަތަންޔާހޫ ބުނީ ފަލަސްތީނުގެ ދައުލަތަކީ އިސްރާއީލަށް ދުނިޔޭގައި ދިރިއުޅުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި އެހެންކަމުން އެއްވެސް ޙާލަތެއްގައި ފަލަސްޠީނުގައި ދައުލަތެއް ޤާއިމް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރިޔާޟާއި އެކު ޑިޕްލޮމެޓިކް ކުރިއެރުން ތައް ވަނީ ލަސްވެފައި ކަމަށް ނަތަންޔާހޫ ގަބޫލުކުރެއެވެ. އޭނާ ބުނީ، އެހެނޭ ކިޔާފައި ސައޫދީން އަބްރަހަމް އެކޯޑްސް ގައި ބައިވެެރި ނުވިޔަސް އިސްރާއީލުގެ ސަރުކާރަކަށް މައްސަލައެއް ނެތް ކަމަށެވެ.
ޔަހޫދީ ދައުލަތާއި މިހަރު ރަސްމީ ގާތް އެކުވެރިކަން ބާއްވާ ޢަރަބި ޤައުމުތަކުގެ ޢަދަދު ފަހެކެވެ. އެއީ، ޞްރު، ޖޯޑަން، ޔޫއޭއީ، ބަހްރައިން އަދި މޮރޮކޯއެވެ.






