ޖަމީލު އުސްމާން އެމްއޭސީއެލްގެ ބޯޑަށް އައްޔަންކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 7 ދުވަސް ކުރިން - 23 ނޮވެންބަރު 2025 19:28
ޖަމީލް އުސްމާން، ޑރ. މުޢިއްޒުއާއެކު.
ޖަމީލް އުސްމާން، ޑރ. މުޢިއްޒުއާއެކު.
ޚުލާސާ

ޖަމީލު އުސްމާނަކީ މި ސަރުކާރު ގެންނަން ވަރަށް ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅެއް. 18 ވަނަ މަޖިލީހުގައި ގެމަނަފުށި ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގެމަނަފުށި ދާއިރާ ތަމްސީލު ކުރެއްވި ޖަމީލު އުސްމާނަށް އެމްއޭސީއެލްގެ ބޯޑު މެންބަރުކަމަށް އައްޔަން ކޮށްފި އެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ގެންނަން ބޮޑު މަސައްކަތެއް ކުރެއްވި ޖަމީލު އުސްމާން އެމްއޭސީއެލްގެ ބޯޑަށް އައްޔަންކޮށްފައިވާއިރު އެ ކުންފުނީގެ ބޯޑުގެ ޖާގަ 7 އިން 9 އަކަށް ދާދި ފަހުން ޕީސީބީން ވަނީ އިތުރުކޮށްފަ އެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި ޖެހިގެން އައި މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ނުލިބުމުން އަމިއްލަ ގޮތުން ޖަމީލު ވަނީ މަޖިލީހުގައި ވާދަކޮށްފަ އެވެ. ޕީޕީއެމްގެ ޓިކެޓުގައި މީހަކު ނުނެރެ ޔާމީން އެ ފަހަރު އެންޑޯޒް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ނިކުތް ބޭފުޅަކަށެވެ. އެ ފަހަރު ގޮޑި ކާމިޔާބުކުރީ އެމްޑީޕީ ކެނޑިޑޭޓެވެ. އޭގެ ފަހުން ޖަމީލް ވަޒީފާ އަދާކުރަމުން ދިޔައީ ޓްރީޓޮޕްގެ އިސް މަގާމެއް ކަމަށްވާ ހެޑް އޮފް ސްޕްޝަލް ޕްރޮޖެކްޓްސް އޮޕަރޭޝަންސްގެ މަގާމެވެ.

ޕީޕީއެމްގެ ހަރަކާތްތަކާ ގިނަ ދުވަސްތަކެއް ދުރުގައި ހުރުމަށްފަހު ޖަމީލު ރަސްމީކޮށް ފެނިވަޑައިގަތީ ރައީސް ޑރ. މުޢިއްޒުގެ ކެމްޕެއިނުންނެވެ. ޖަމީލު ފެނިގެން ދަނީ ރައީސް މުޢިއްޒު އަށް ވަރަށް ވަފާތެރި ބޭފުޅެއް ގޮތުގަ އެވެ.

ޖަމީލް އުސްމާނާއެކު އެމްއޭސީއެލްގެ ބޯޑުގައި މިވަގުތު ތިއްބެވީ ޗެއާޕާސަން ނުރައިން ޖަނާހާއި، މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި، އިބްރާހިމް ސިޔާދު ގާސިމާއި ސަހާ ވަހީދާއި މުހައްމަދު މިހާދާއި އިބްރާހިމް މަހުދީގެ އިތުރުން މުޖުތަބާ އެވެ. ދެ ޖާގަ އިތުރުކުރުމުން އަދި ހުސްވެފައި އެއް ޖާގަ އެބަ އޮތެވެ.

އެމްއޭސީއެލް އަކީ މިވަގުތު ރާއްޖޭގައި އެންމެ ފައިދާވާ އަދި އެންމެ ބޮޑު ކުންފުންޏެވެ. މި ފަހުން އެ ކުންފުންޏަށް ވަނީ ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި އެއާޕޯޓު އެޅުން ހިމެނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%