Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާސެނަލް އަދި ޗެލްސީ މޮޅުވިއިރު ޔުނައިޓެޑަށް ޖެހުނީ ޕޮއިންޓަކުން ފުއްދާލަން

އާސެނަލް އަދި ޗެލްސީ މޮޅުވިއިރު ޔުނައިޓެޑަށް ޖެހުނީ ޕޮއިންޓަކުން ފުއްދާލަން

އައިޝަތު އީމާން
311 ދުވަސް ކުރިން - 2 ނޮވެންބަރު 2025 00:33
ފޮޓޯ: ޚުލާސާ ގްރެފިކްސް
ފޮޓޯ: ޚުލާސާ ގްރެފިކްސް
ޚުލާސާ

މިރޭގެ މޮޅާއެކު އާސެނަލް އަށް ވަނީ ޖުމްލަ 25 ޕޮއިންޓް ލިބިފައި. ދެވަނައިގައި އެއް މެޗު މަދުން ކުޅެ ބޯންމައުތް އަށް ލިބިފައިވަނީ 18 ޕޮއިންޓް.

އިނގިރޭސީ ޕްރިމިއާ ލީގިގައި އާސެނަލް އަދި ޗެލްސީ މޮޅުވިއިރު މެންޗެސްޓާ ޔުނައިޓެޑު ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާ ބައްދަލުކޮށް ޔުނައިޓެޑް އެއްވަރުވި މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗުގެ 34 ވަނަ މިނެޓުގައު ބްރޫނޯ ފެނާންޑެސް ނަގައިދިން ކޯނަރެއް ބޮލުން ޖަހައި މި ގޯލު ވައްދާލީ ކަސެމީރޯ އެވެ.

ދެވަނަ ހާފުގައި 48 ވަނަ މިނެޓު ނޮޓިންހަމްގެ ފުރަތަމަ ގޯލު ޖަހައިދިނީ ގިބްސް ވައިޓް އެވެ. އޭނާ މި ގޯލު ޖެހީ ރަޔާން ޔަޓޭސް ނަގައިދިން ކްރޮހަކުން ބޮލުން ޖަހައިގެންނެވެ. އަދި އޭގެ ދެ މިނެޓު ފަހުން ނިކޯލޯ ސަވޯނާ ވަނީ ނޮޓިންހަމް އަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނެޓުގައި ޔުނައިޓެޑުގެ އަމަދު ޑިއާލޯ ވަނީ އޭރިއާ ބޭރުން ހަމަލާއެއް ފޮނުވާލާ ގޯލަށް ވައްދާލައިގެން ނަތީޖާ ހަމަހަކޮށްފަ އެވެ.

Advertisement

Advertisement 1

ލީގުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ އާސެނަލް މިރޭ މޮޅުވެފައިވަނީ ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ކުޅެގެންނެވެ. މެޗުގެ ދެ ގޯލުވެސް އާސެނަލް އިން ޖަހާފައިވަނީ ފުރަތަމަ ހާފުގަ އެވެ. 14 ވަނަ މިނެޓުގައި މަގަޅެސްގެ އެހީތެރިކަމާއެކު ގިއޯކަރެސް ފުރަތަމަ ގޯލު ޖެހި އިރު، 35 ވަނަ މިނެޓުގައި ޑެކްލަން ރައިސް ގޯލު ޖަހައިފައިވަނީ ޓްރޮސާޑް ނަގައިދިން ކްރޮހެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ. މި މޮޅާއެކު އާސެނަލް އަށް މިވަނީ 25 ޕޮއިންޓް ލިބިފަ އެވެ. އެ ކުލަބު އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ބޯންމައުތް އަށް ވުރެ ހަތް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ނަމަވެސް މާދަަމާ ރޭ ކުޅޭ މެޗުތަކަށް ފަހު ޕޮއިންޓް ޓޭބަލަށް ބަދަލުތަކެއް އަންނާނެ އެވެ.

ޓޮޓެންހަމާ ވާދަކޮށް ރަށުން ބޭރުގައި ޗެލްސީ މޮޅުވި މެޗުގެ ހަމައެކަނި ގޯލު 34 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޖާއޯ ޕެޑްރޯ އެވެ. އޭނާ މި ގޯލު ޖެހީ މޮއިސެސް ކައިސޭޑޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މޮ މޮޅާއެކު ޗެލްސީ މިވަނީ ވަގުތީ ގޮތުން ތާވަލުގެ ހަތަރު ވަނައަށް ޖެހިލާފައެވެ.

ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތައް؛

  1. ބްރައިޓަން 3-0 ލީޑްސް ޔުނައިޓެޑް
  2. ކްރިސްޓަލް ޕެލެސް 2-0 ބްރެންޓްފޯޑް
  3. ފުލަމް 3-0 ވުލްވްސް

މިރޭ ދަންވަރު ލިވަޕޫލް އާއި އެސްޓަން ވިލާ ބައްދަލުކުރާ މެޗު ފަށާނީ 01:00 ޖަހާއިރު އެވެ. ލިވަޕޫލްގެ ފަރާތުން މި ފަހަކަށް އައިސް ދަށް ނަތީޖާތަކެއް ފެނިގެންދާއިރު މި ހަފްތާގައި ކްރިސްޓަލް ޕެލެސް އަތުން 0-3 އިން ބަލިވެ އެ ޓީމު ވަނީ އެފްއޭ ކަޕުން ކަޓައިފަ އެވެ.

ވެސްޓް ހޭމް ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ރޭ 19:00 ގަ އެވެ. އަދި މެންޗެސްޓާ ސިޓީ އާއި ބޯންމައުތް ކުޅޭ މެޗު މާދަމާ ރޭ 21:30 ގައި ފަށާއިރު ސަންދަލެންޑާއި އެވަޓަން ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ރޭ 01:00 ގަ އެވެ.

އާސެނަލްޗެލްސީމެންޗެސްޓަރ ޔުނައިޓެޑްއިނގިރޭސި ޕްރިމިއަރ ލީގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

9 ދުވަސް ކުރިން - 22:27

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ހަނިވެއްޖެ

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި

45 ދުވަސް ކުރިން - 14:55

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

58 ދުވަސް ކުރިން - 18:15

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

100 ދުވަސް ކުރިން - 03:22

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

101 ދުވަސް ކުރިން - 00:00

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

102 ދުވަސް ކުރިން - 19:29