ތިން މަސްތެރޭ އެމްއޭސީއެލްގެ މުވައްޒަފުންނަށް 447 ތަމްރީން ޕްރޮގްރާމެއް ހިންގައިފި

މުހައްމަދު ޖަމްޝަތު | 34 ދުވަސް ކުރިން - 27 އޮކްޓޯބަރު 2025 20:51
(އެމްއޭސީއެލްގެ މުވައްޒަފުންތަކެއް---ފޮޓޯ:އެމްއޭސީއެލް
(އެމްއޭސީއެލްގެ މުވައްޒަފުންތަކެއް---ފޮޓޯ:އެމްއޭސީއެލް
ޚުލާސާ

މި ޕްރޮގްރާމްތަކަކީ އެމްއޭސީއެލްގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން ކަށަވަރު ކުރުމަށް, ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށް އެކުންފުނިން ބުނޭ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި 447 ތަމްރީން ޕްރޮގްރާމެއް ހިންގައިފި އެވެ.

އެމްއޭސީއެލް އިން މައުލޫމާތުދޭ ގޮތުގައި މި ތަމްރީން ޕްރޮގްރާމްތަކަކީ އެކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ހުނަރުވެރި އަދި ގާބިލު ބައެއްކަން ކަށަވަރު ކުރުމަށް, ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން މި އަހަރުގެ ތިންވަނަ ކުއާޓާގައި ހިންގި ޕްރޮގްރާމްތައް ކަމަށެވެ.

އެގޮތުން މިދިޔަ ތިން މަސް ތެރޭގައި ހިންގި ތަމްރީން ޕްރޮގްރާމްތަކުގައި 7,773 ބައިވެރިން ބައިވެރިވެފައިވާކަމަށް އެމްއޭސީއެލް އިން ބުންޏެވެ. މި ތަމްރީން ޕްރޮގްރާމްތަކުގައި ކިޔަވައިދީފައިވަނީ އެމްއޭސީއެލްގެ ޓްރެއިނަރުންނެވެ.

މީގެ އިތުރުންވެސް އެމްއޭސީއެލްގެ އޮޕަރޭޝަންސްތަކާއި ވެލާނާ އިންޓަަނޭޝަނަލް އެއާޕޯޓުގެ މުހިންމު ސަރަހައްދުތަކާއި އެމްއޭސީއެލް އިން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ސްކޫލް ދަރިވަރުންނަށް ދިނުމުގެ ހަތަރު ޓުއާއެއް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެ ޓުއާތަކުގައި 273 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ސްކޫލް ދަރިވަރުންތަކަކަށް އެމްއޭސީއެލް އިން ކުރިއަށްގެންދިޔަ އިންފޮމޭޝަން ސެޝަންއެއްގައި---ފޮޓޯ:އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އޭވިއޭޝަންގެ ދާއިރާ އަދި އެމްއޭސީއެލްއަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް, ވަޒީފާގައި ތިބި މުވައްޒަފުންގެ ހުނަރު ތަރައްގީކޮށް, އޭވިއޭޝަން ދާއިރާ މިހާރަށްވުރެ ވަރުގަދަ ކުރުމަށް ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%