ތިން މަސްތެރޭ 447 ތަމްރީން ޕްރޮގްރާމެއް އެމްއޭސީއެލް މުވައްޒަފުންނަށް ހިންގައިފި

އައިޝަތު ރުވާ ރިފްޢަތު | 34 ދުވަސް ކުރިން - 27 އޮކްޓޯބަރު 2025 15:31
އެމްއޭސީއެލް އިން އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން. / ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލް އިން އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން. / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ހުނަރުވެރި އަދި ގާބިލު ބައެއްކަން ކަށަވަރު ކުރުމަށް, ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެމްއޭސީއެލް އިން އަހަރުގެ ތިންވަނަ ކުއާޓާގައި ހިންގި ޕްރޮގްރާމްތަކެއް.

މުވައްޒަފުންނަކީ ހުނަރުވެރި އަދި ގާބިލު ބައެއްކަން ކަށަވަރު ކުރުމަށް, ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި 447 ތަމްރީން ޕްރޮގްރާމެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިނގައިފި އެވެ.

އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން މި އަހަރުގެ ތިންވަނަ ކުއާޓާގައި ހިންގި މި ޕްރޮގްރާމްތަކުގައި 7،773 ފަރާތަކުން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމްތަކުގައި ކިޔަވައިދީފައިވަނީ އެމްއޭސީއެލްގެ މުވައްޒަފުންނެވެ.

އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި ކުންފުނީގެ އޮޕަރޭޝަންސްތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ މުހިންމު ސަރަހައްދުތަކާއި އެ ކުންފުނިން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ސްކޫލް ދަރިވަރުންނަށް ދިނުމުގެ ހަތަރު ޓުއާއެއް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ ކަމަށެވެ. މި ޓުއާތަކުގައި 273 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

ސްކޫލް ކުދިންނަށް އަމާޒުކޮށްގެން އެމްއޭސީއެލް އިން ކުރިޔަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން. / ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ އޭވިއޭޝަންގެ ދާއިރާ އަދި އެމްއޭސީއެލްއަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް, ވަޒީފާގައި ތިބި މުވައްޒަފުންގެ ހުނަރު ތަރައްގީކޮށް, އޭވިއޭޝަން ދާއިރާ މިހާރަށްވުރެ ވަރުގަދަ ކުރުމަށެވެ.

އެ ކުންފުންޏަކީ ސަރުކާރު ކުންފުނިތަކުގެ ތެރޭގައި އެންމެ ގިނަ ޓްރެއިނިންތައް ދީ އަދި އެންމެ ގިނަ ވަޒީފާތައް ވެސް އުފައްދާ އެއް ކުންފުންޏެވެ. އަދި މީގެ އިތުރުން މުވައްޒަފުންނަށް އެންމެ ބޮޑު އަހަރީ ބޯނަހެއް ވެސް ދެނީ އެމްއޭސީއެލް އިންނެވެ. އެގޮތުން މިދިޔަ އަހަރުގެ ބޯނަސް ގޮތުގައި ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާގެ ބޯނަހެއް ދާދި ފަހުން އެ ކުންފުނިން ވަނީ ދީފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%