ޗެމްޕިއަންސް ލީގު: ބާސެލޯނާ, ޕީއެސްޖީ އަދި އާސެނަލް ފަސޭހަކަމާއެކު މޮޅުވެއްޖެ

އައިޝަތު އީމާން | 44 ދުވަސް ކުރިން - 22 އޮކްޓޯބަރު 2025 08:19
ބާސެލޯނާއިން ވަނީ 1-6 ގެ ނަތީޖާއިން އޮލިމްޕިއާކޮސް ބަލިކޮށްފައި. - ފޮޓޯ: ބާސެލޯނާ
ބާސެލޯނާއިން ވަނީ 1-6 ގެ ނަތީޖާއިން އޮލިމްޕިއާކޮސް ބަލިކޮށްފައި. - ފޮޓޯ: ބާސެލޯނާ
ޚުލާސާ

ބާސެލޯނާގެ މެޗުގައި ފާމިން ލޮޕޭޒް ވަނީ ހެޓް-ޓްރިކް ހަދާފައި. އަދި ޕީއެސްޖީ މެޗުގައި ޑުއޭރ ވަނީ ދެ ގޯލު ޖަހާފައި.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފަސޭހަކަމާއެކު ބާސެލޯނާ، ޕީއެސްޖީ އަދި އާސެނަލް މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި 1-6 ގެ ނަތީޖާއިން ބާސެލޯނާ މޮޅުވި މެޗުގައި ފާމިން ލޮޕޭޒް ވަނީ ހެޓް-ޓްރިކެއް ހަދާފަ އެވެ. ދެން ގޯލުތައް ޖަހާފައިވަނީ ލަމިން ޔަމާލް އަދި ރަޝްފޯޑުގެ ދެ ގޯލެވެ. އޮލިމްޕިއާކޮސްގެ ހަމައެކަނި ގޯލު ޖަހައިދިނީ އެލް ކާބީ އެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅު ކުޅުމެއް ފެނިފައިވަނީ ބާސެލޯނާގެ ފަރާތުންނެވެ. ޖުމްލަ ހަތް ހަމަލާ ބާސެލޯނާއިން ވަނީ ގޯލަށް ފޮނުވާލާފަ އެވެ. އޮލިމްޕިއާކޮސް އަށް ފޮނުވާލެނީ ދެ ހަމަލާ އެވެ. މި މެޗުގައި ގްރީސްގެ ކުޅުންތެރިއަކަށް ވަނީ ދެ ރީދޫ ކާޑާއެކު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

ލެވަކޫސެން-ޕީއެސްޖީ ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބުކޮށްފައިވަނީ 2-7 ގެ ނަތީޖާއިންނެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ޑުއޭރ ދެ ގޯލު ޖަހާފައިވާއިރު، ޕަޗޯ، ކުވަރަތްސްކެލާ، މެންޑެސް، ޑެމްބެލޭ އަދި ވިޓީނިއާ، މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ގޯލެއް ޖަހާފަ އެވެ. ލެވަކޫސެން ގެ ދެ ގޯލު ވެސް ޖަހާފައިވަނީ ގާސިއާ އެވެ. ގޯލަށް ޖުމްލަ އަށް ހަމަލާ ޕީއެސްޖީން އުފައްދާފައިވާއިރު ލެވަކޫސެން އަށް ގޯލަށް ފޮނުވާލެވިފައިވަނީ ތިން ހަމަލާ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު އެންމެ ފޯރިގަދަ މެޗަކީ އާސެނަލް އާއި އެތްލެޓިކޯ ބައްދަލުކުރި މެޗެވެ. އަމިއްލަ ދަނޑުގައި 0-4 ގެ ނަތީޖާއިން މޮޅުވި މި މެޗުގައި ގިއޮކްރެސް ދެ ގޯލު ޖަހާފައިވާއިރު، ގަބްރިއެލް އަދި މާޓިނެއްލީ ވަނީ ގޯލެއް ޖަހާފަ އެވެ. މުޅި މެޗުގައި ވެސް ގޯލާ އަމާޒުކޮށް އެތްލެޓިކޯ އަށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. އަދި އާސެނަލް އަށް ވަނީ އަށް ހަމަލާ ފޮނުވާލެވިފަ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު؛

- ވިލަރެޔާލް 0-2 މެންޗެސްޓަރ ސިޓީ

- ޔޫނިއަން އެސްޓީ ގިލޮއިސް 0-4 އިންޓަރ މިލާން

- ޕީއެސްވީ 6-2 ނަޕޯލީ

- ނިއުކާސަލް 3-0 ބެނެފީކާ

- ކޯޕަންހޭގަން 2-4 ޑޯޓްމަންޑު

- ކައިރަތް އަލްމާޓީ 0-0 ޕަފޯސް އެފްސީ

ޗެމްޕިއަންސް ލީގުގެ ގިނަ މެޗުތަކެއް މިރޭ ވެސް ކުޅޭނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%