ލުބުނާނާއި އެކު މިދިޔަ އަހަރު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އިސްރާއީލުން ޚިލާފުވެ އެ ޤައުމުގެ ދެކުނަށް ބޮން އަޅަން ފަށައިފިއެވެ.
އިސްރާއީލުގެ ފައިޓާޖެޓްތަކުން ޙަމަލާތައް ދެމުން ދަނީ ހިޒްބުﷲ އާއި ގުޅުންހުރި އަވަށްތަކަށް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނެއެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުގައި ޙަމަލާތަކުގައި މިހާތަނަށް އެކަކު ޝަހީދުވެފައި ވާއިރު ގިނަބަޔަކު ވަނީ ޒަޚަމް ވެފަ އެވެ.