Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލާއި ދެކޮޅަށް ސާޅީހަށްވުރެ ގިނަ ޤައުމުން މުޒާހަރާ ކުރަނީ

އިސްރާއީލާއި ދެކޮޅަށް ސާޅީހަށްވުރެ ގިނަ ޤައުމުން މުޒާހަރާ ކުރަނީ

ޢަބްދުﷲ ޖުނައިދު
292 ދުވަސް ކުރިން - 6 އޮކްޓޫބަރު 2025 12:34
އިސްރާއީލާއި ދެކޮޅަށް އިޓަލީގެ މަގުތަކަށް މީހުން ނުކުމެ / ފޮޓޯ: ސޯޝަލް މީޑިއާ
އިސްރާއީލާއި ދެކޮޅަށް އިޓަލީގެ މަގުތަކަށް މީހުން ނުކުމެ / ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

ދުނިޔޭގެ ސާޅީހަށް ވުރެ ގިނަ ޤައުމުތަކުން އިސްރާއީލާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ގޮވަމުންދަނީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް.

ޣައްޒާގައި އިސްރާއީލުން ކުރިއަށްދާ ނަސްލު ނައްތާލުމުގެ ހަނގުރާމައާއި ދެކޮޅަށް 40 އަށް ވުރެ ގިނަ ގައުމުގެ ރައްޔިތުން އެއްވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މުޒާހަރާތަކެއް ކުރިޔަށް އެބަ ދެއެވެ. މި މުޒާހަރާތައް ކުއްލިޔަކަށް ވަރުގަދަވީ މި މަހުގެ ފުރަތަމަ ދުވަހު ޣައްޒާއަށް ގްލޯބަލް ޞުމޫދު ފްލޮޓިއްލާ އާއި ކުރިމަތިލައި އިސްރާއީލުގެ ސިފައިން އެ ގާފިލާ ހުއްޓުވުމުންނެވެ.

ގްލޯބަލް ޞުމޫދު ފްލޮޓިއްލާ އާއި އިސްރާއީލުގެ ސިފައިން ކުރިމަތިލަނީ.

Advertisement

Advertisement 1

އިސްރާއީލާއި ދެކޮޅަށް ދުނިޔޭގެ ހުރިހާ ބައްރެއްގައިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. އިޓަލީގައި ޔޫނިއަންތަކުން ނުކުމެ އެ ޤައުމު ޕެރެލައިޒް ކޮށްލިއެވެ. ރޯމް، މިލާން، އަދި ނޭޕާލްސް ފަދަ ސިޓީތަކުގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން މަގުތަކަށް ނުކުތެވެ. އަދި އިޓަލީން އިސްރާއީލަށް ދޭ އަސްކަރީ އެއްބާރުލުން ވަގުތުންވަގުތަށް ހުއްޓާލުމަށް މުޒާހަރާގެ ބައިވެރިން ގޮވާފައި ވެއެވެ.

އެމްސްޓަޑަމްގައި ވެސް ގާތްގަނޑަކަށް 250،000 މީހުން އިސްރާއީލާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާއިރު އިސްތަންބޫލްގައި ވެސް މިލިއަނެއްހާ މީހުން ވަނީ އިސްރާއީލާއި ދެކޮޅަށް އިއްޔެ އަޑު އުފުލާފައެވެ.

ތުރްކިޔޭގެ މުޒާހަރާގެތެރެއިން: އެމީހުން މުޒާހަރާކުރީ ފަތުރުވެރިންގެ މަޤްބޫލް ސަރަޙައްދުތަކުގައި / ފޮޓޯ: ސޯޝަލް މީޑިއާ.

މުހިންމު އެހެން މުޒާހަރާތަކަށް ބަލާއިރު ޕެރިސް، ލަންޑަން، ބާސެލޯނާ، ގްރީސް، އިނގިރޭސިވިލާތް، ބެލްޖިއަމް، ސްޕެއިން، ޕޯޗުގަލް، ދެކުނު ކޮރެއާ، ކެނެޑާ، އެމެރިކާ، މެކްސިކޯ، ބްރެޒިލް، އާޖެންޓީނާ، ޗިލީ، ކޮލަމްބިއާ، ޕެރޫ، އިކުއެޑޯ، ޔޫކްރޭން، ޖޯޖިއާ، ސީރިއާ، އީރާން، (މެދުއިރުމަތީގެ ހުރިހާ ހިސާބެއް)، ޕާކިސްތާން (އަޒާދު ކަޝްމީރު)، ޤަޠަރު، ދެކުނު އެފްރިކާ، އަދި ކެނެޑާ ގައި ވެސް ދަނީ މުޒާހަރާ ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ޣައްޒާމުޒާހަރާދުނިޔެބޭރު ދުނިޔެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ މުޒާހަރާ: މާދަމާއަށް 50 ދުވަސް! އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

19 ގަޑިއިރު ކުރިން - 16:38

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

1 ދުވަސް ކުރިން - 16:04

ދިއްލީގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައި، 120 މީހުން ޒަޚަމްވެއްޖެ

އިންޑިއާގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި މާރާމާރީ! 120 މީހުން ޒަހަމްވެއްޖެ

3 ދުވަސް ކުރިން - 13:43

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

6 ދުވަސް ކުރިން - 13:25

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

15 ދުވަސް ކުރިން - 11:26