Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވަގު ޕެނަލްޓީ ހޯދައިގެން މޮޅުވާން މަސައްކަތްކުރި ބާސެލޯނާ ދެވަނައަށް ވައްޓާލާ ރަށުން ވެސް ބޭރުކޮށްލައިފި

ވަގު ޕެނަލްޓީ ހޯދައިގެން މޮޅުވާން މަސައްކަތްކުރި ބާސެލޯނާ ދެވަނައަށް ވައްޓާލާ ރަށުން ވެސް ބޭރުކޮށްލައިފި

އައިޝަތު އީމާން
248 ދުވަސް ކުރިން - 5 އޮކްޓޫބަރު 2025 21:25
ބާސެލޯނާ ބަލިވުމުން ސަޕޯޓަރެއް ރޮނީ.
ބާސެލޯނާ ބަލިވުމުން ސަޕޯޓަރެއް ރޮނީ.
ޚުލާސާ

ބާސެލޯނާ މެޗުން ބަލިވެފައިވަނީ 1-4 ގެ ނަތީޖާއިން. ބާސެލޯނާގެ މި ބައްޔާއެކު ތާވަލުގެ އެއްވަނައަށް ރިއަލް ވަނީ ޖެހިލާފަ.

މެޗުގެ 73 ވަނަ މިނެޓުގައި ވަގު ޕެންލަޓީއެއް ހޯދައިގެން މޮޅުވާން މަސައްކަތް ކުރި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ، ސެވިއްޔާ އަތުން 1-4 ގެ ނަތީޖާއިން މޮޅުވެ ތާވަލުގެ ދެވަނައަށް ވެއްޓިއްޖެ އެވެ.

މެޗުގެ ފުރަތަމަ ގޯލު ވެސް ޖަހާފައިވަނީ ސެވިއްޔާއިންނެވެ. 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި ސެވިއްޔާގެ ގޯލު ޖަހާފައިވަނީ އެލެކްސިސް ސަންޗޭޒެވެ. ސެވިއްޔާގެ ދެވަނަ ގޯލު 36 ވަނަ މިނެޓުގައި ރުބެސް ވާގަސްގެ އެހީގައި ޖަހާފައިވަނީ އިސަކް ރޮމޭރޯ އެވެ.

ބާސެލޯނާގެ ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖަހާފައިވަނީ ރަޝްފޯޑެވެ. ޕެޑްރީ މަތިން އެއްލާލި ބޯޅަ ރަޝްފޯޑުގެ ވާތު ފައިން ވައްދާލީ ވޮލީއެކެވެ. މެޗު އެއްވަރު ކުރަން ރަނުގެ ފުރުސަތެއް ބާސެލޯނާއަށް ލިބުނެވެ. ނަމަވެސް 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ސެވިއްޔާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މި ޕެނަލްޓީ ޖަހާފައިވަނީ ލެވަނޑޯސްކީ އެވެ.

Advertisement

Advertisement 1

މެޗުގެ 90 ވަނަ މިނެޓުގައި ސެވިއްޔާގެ ހޯސޭ އެންޖަލް ކަރްމޯނާ ވަނީ ތިން ވަނަ ގޯލު ޖަހައިދީފައެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އަކޯ އެޑަމްސް ވަނީ ހަތަރު ވަނަ ގޯލެއް ޖަހައި ބާސެލޯނާ ރަށުން ބޭރުކޮށްލާފައެވެ.

މި މޮޅާއެކު ސެވިއްޔާ މިވަނީ 13 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައަށް ޖެހިލާފައެވެ. ބާސެލޯނާގެ މި ބައްޔާއެކު ވާދަވެރި ރިއަލް މެޑްރިޑް ވަނީ އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ.

ބާސެލޯނާސްޕެނިޝް ލަލީގާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގެޓާފޭ ބަލިކޮށް ބާސެލޯނާއިން ލީގު ތާވަލުގެ ކުރީގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފި

ބާސެލޯނާއިން 11 ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ ކުރީގައި

46 ދުވަސް ކުރިން - 23:44

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށްފި

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށްފި

49 ދުވަސް ކުރިން - 08:43

ބާސެލޯނާ މޮޅުވި ނަމަވެސް މުބާރާތުން ވަކިވާންޖެހި، އަނެއްކާވެސް ހިތްދަތި ނިމުމެއް

ބާސެލޯނާ މޮޅުވި ނަމަވެސް މުބާރާތުން ވަކިވާންޖެހިއްޖެ

56 ދުވަސް ކުރިން - 10:57

ދެ މެޑްރިޑްގެ ކުރިމަތިލުން ރެއާލުން ކާމިޔާބުކޮށްފި

ދެ މެޑްރިޑްގެ ކުރިމަތިލުން ރެއާލުން ކާމިޔާބުކޮށްފި

79 ދުވަސް ކުރިން - 15:21

ރަޔޯ ވަޔެކާނޯ ބަލިކޮށް، ބާސެލޯނާއިން ތާވަލުގެ ކުރީގައި ހަމަޖެހިލައިފި

ވަޔެކާނޯ ބަލިކޮށް، ބާސެލޯނާއިން ތާވަލުގެ ކުރީގައި ހަމަޖެހިލައިފި

80 ދުވަސް ކުރިން - 00:11

ބާސެލޯނާއިން ނިއުކާސަލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

84 ދުވަސް ކުރިން - 05:27