Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދެވަނަ ޑިވިޝަނުން އައި ޓީމެއްގެ އަތުން މޮޅުވެ އަމޮރިމް ފޮނިކަނޑައިފި

ދެވަނަ ޑިވިޝަނުން އައި ޓީމެއްގެ އަތުން މޮޅުވެ އަމޮރިމް ފޮނިކަނޑައިފި

އައިޝަތު އީމާން
249 ދުވަސް ކުރިން - 4 އޮކްޓޫބަރު 2025 21:17
ސެސްކޯގެ ގޯލާއެކު ޔުނައިޓެޑުން އުފާފާޅުކުރަނީ - ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް
ސެސްކޯގެ ގޯލާއެކު ޔުނައިޓެޑުން އުފާފާޅުކުރަނީ - ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް
ޚުލާސާ

މި ބައްޔާއެކު ހަތް މެޗުން ޔުނައިޓެޑަށް ލިބިފައިވަނީ 10 ޕޮއިންޓް. ސަންދަލެންޑް ހަތް މެޗުން ވަނީ 11 ޕޮއިންޓް ހޯދާފަ.

އިނގިރޭސީ ޕްރިމިއަރ ލީގުގައި ސަންދަރލޭންޑް އަތުން 0-2 ގެ ނަތީޖާއިން މޮޅުވެ މެންޗެސްޓަތ ޔުނައިޓުގެ ކޯޗު ރުބެން އަމޮރިމް އެވަރުގެ އުފަލެއް ނެތި ފޮނިކަނޑަން ފަށައިފި އެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑް މޮޅުވެފައިވާއިރު ލީގުގައި ކުޅުނު ހަތް މެޗުން އެ ކުލަބު މޮޅުވެފައިވަނީ ތިން މެޗުންނެވެ. ނިމިދިޔަ ހަފްތާގައި ބްރެންޓްފޯޑު އަތުން އެ ކުލަބު ވަނީ 1-3 އިން ބަލިވެފަ އެވެ.

ޔުނައިޓެޑުގެ އައު ކީޕަރާއެކު ކުޅުނު މި މެޗުގައި ގޯލުތައް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ އަށް ވަނަ މިނެޓުގައި މައުންޓް އެމްބޫމޯގެ އެހީތެރިކަމާއެކު މޭސަން މައުންޓް ގޯލު ޖަހާފައިވާއިރު، ޔުނައިޓެޑަށް ހިތްހަމަޖެހުމެއް ލިބުނީ 31 ވަނަ މިނެޓުގައި ބެންޖަމިން ސެސްކޯ ޖެހި ގޯލާއެކުގައެވެ.

Advertisement

Advertisement 1

ޔުނައިޓެޑަށް ލިބުނު މި މޮޅާއެކު ކޯޗު އަމޮރިމް އަށް އެ ކުލަބުގައި ހުރެވޭނެ ކަމުގެ އިތުރު ފުރުސަތެއް ހުޅުވުނީ އެވެ. ކުލަބުގެ ސަޕޯޓަރުން އޭނާ ބޭރުކުރަން އަތުކުރި އޮޅާލާ ކިތަންމެ ވަރަކަށް އަޑުއުފުލިޔަސް ދޭތެރެ ދޭތެރެއިން ހޯދާ މިކަހަލަ މޮޅުތަކުގެ ސަބަބުން އެ ސަޕޯޓަރުންގެ މަސައްކަތަށް ބުރޫ އަރައެވެ.

އަންނަ ހަފްތާގައި ޔުނައިޓެޑް ބައްދަލުކުރާނީ ލިވަޕޫލާއެވެ. އެއް އަދަދަކަށް ލީގު ހޯދާފައިވާ މި ދެ ކުލަބުގެ މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދާނެ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްއިނގިރޭސި ޕްރިމިއަރ ލީގު
Ad
Ad

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ކެއްތެރިޔާ

228 ދުވަސް ކުރިން - 10:53

2ވަނަ ޑިވިޝަނުން އައި ޓީމް އަތުން ޗްލްސީ ބަލިވި ވަހަކަ ޖަހާލަން ނުކެރުނު ދޯ؟

ގުޅޭ ޚަބަރުތައް

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

10 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

11 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

16 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

17 ދުވަސް ކުރިން - 12:14

މިޑްލްސްބަރާ ބަލިކޮށް، ހަލް ސިޓީން އަލުން އިނގިރޭސި ޕްރިމިއާ ލީގަށް

ހަލް ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް

18 ދުވަސް ކުރިން - 22:55

ޕްރިމިއާ ލީގުގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބްރޫނޯ ފެނާންޑޭޒް ހޯދައިފި

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ބުރޫނޯ ފެނާންޑޭޒް

18 ދުވަސް ކުރިން - 22:38